މިހާރު ކުރިޔަށްދާ "އެލައިޑް ލައިފް ޕްރޮމޯޝަން"ގައި ބައިވެރިވުމުގެ ފުރުސަތުވެސް އިވެންޓް މެދުވެރިކޮށް ލިބޭނެ އެވެ.
އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ އާއިލީ ހަވީރު "އެލައިޑް ފެސްޓް"ގެ ތިންވަނަ އަދަދު، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މި ފެސްޓް އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 4-6 އަށެވެ.
އާއިލާތަކަށް އުފާވެރި މަޖާ މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެ ފަދަ ގިނަ ގޭމްތަކާއި އިނާމްތަކާއިއެކު ކުރިޔަށްގެންދާ މިހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލި ފުރުސަތުގެ ތެރެއިން؛ ނޫނި ބޭކްސް، ބޭކިންގ ރޫމް އަދި ޑޯނަޓް ފެކްޓްރީ މިއިވެންޓުގެ ވެންޑާސްގެ ގޮތުގައި ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އެލައިޑުން ބުނި ގޮތުގައި "އެލައިޑް ފެސްޓް" އަކީ އާއިލާތަކަށް ހާއްސަކޮށްގެންގެން ކުރިޔަށްގެންދާ އިވެންޓެއް ކަމުން، އާއިލާތަކަށް ހާއްސަ ސޭވިން އަދި މާލީ ރައްކާތެރިކަން ހޯދޭނެ އިންޝުއަރަންސް ޕްލޭންތަކާއި ތަކާފުލް ޕްލޭންތަކާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ކޯޓޭޝަން ނެގުންވެސް ކުރިޔަށްދާނެ އެވެ.
އަދި މިހާރު ކުރިޔަށްދާ "އެލައިޑް ލައިފް ޕްރޮމޯޝަން"ގައި ބައިވެރިވުމުގެ ފުރުސަތުވެސް އިވެންޓް މެދުވެރިކޮށް ލިބޭނެ ކަމުގައި އެލައިޑުން ބުނެއެވެ.
އެލައިޑް ލައިފް ޕްރޮމޯޝަނަކީ ލައިފް އިންޝުއަރަންސް ޕްލޭނެއް ބައްލަވައިގަންނަވާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50%ގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ.
މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމްަސް އެލައިޑުން އިރުޝާދު ދެއެވެ. ނުވަތަ ވެބްސައިޓް؛ އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯއްދޭނެ އެވެ.