ދެ ދުވަސް ތެރޭގައި 290 އަށްވުރެ ގިނަ އުޅަނދު ބަލައި ފާސްކޮށްފި

ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ ތެރެއިން 55 އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މާލެއިން ހަތަރުފުރޮޅުލީ ފަސް އުޅަނދާއި 72 ސައިކަލަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ފުލުހަކު މަގުމަތީގައި ހަރަކާތްތެރި ވަނީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހިންގަމުންދާ ހާއްސަ ޕްރޮގުރާމުގެ ދަށުން ފާއިތުވި ދެ ދުވަސް ތެރޭގައި 291 އުޅަނދު ބަލައި ފާސްކޮށް 76 އުޅަނދަކަށް ފިޔަވަޅު އަޅައިފި އެވެ.

ފުލުހުން ވަނީ މި އޮޕަރޭޝަނުގެ ތެރެއިން ފާއިތުވި ތިން ދުވަހުގެ ތަފާސް ހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން މިމަހުގެ ނުވަ  ވަނަ ދުވަހު ހުޅުމާލެއިން ހަތަރުފުރޮޅުލީ 30 އުޅަނދު، 229 ސައިކަލު އަދި މާލެއިން ހަތަރުފުރޮޅުލީ 10 އުޅަނދާ 22 ސައިކަލެވެ.

ހުޅުމާލެއިން ހިފެހެއްޓި އުޅަނދުތަކުގެ ތެރެއިން 55 އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. އަދި މާލެއިން ހަތަރުފުރޮޅުލީ ފަސް އުޅަނދާއި 72 ސައިކަލަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން މާލެއިން ހަތަރު އުޅަނދު އަދި ހުޅުމާލެ އިން ފަސް އުޅަނދަކަށް ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން ޓޯކުރި އުޅަނދުތަކަށް ބަލާއިރު ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ މާލެއިން ހިފަހެއްޓި ހަތަރުފުރޮޅުލީ ތިން އުޅަނދާ 19 ސައިކަލެވެ. އަދި ހުޅުމާލެއިން ހިފެހެއްޓި ހަތަރުފުރޮޅުލީ 3 އުޅަނދާ 14 ސައިކަލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.