ޖުލައިއާ ހަމައަށް ވީއައިއޭ ނޫން އެހެން އެއާޕޯޓުތަކަށް އައީ 2,104 ޓޫރިސްޓުން

ވީއައިއޭ ފިޔަވައި ދެން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އިންޓަނޭޝަނަލް އެއާޕޯޓްތަކަށް އައިސްފައިވަނީ އެންމެ 2,104 ޓޫރިސްޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމަށްވާ ވީއައިއޭ އަށެވެ. ވީއައިއޭއިން ރާއްޖެ އަށް 1,180,048 ޓޫރިސްޓުން އެތެރެވެފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މި ވައިގެ ބަނދަރަށް ޖުމްލަ 1,959 ޓޫރިސްޓުން އައިސްފައިވާއިރު ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 906 ޓޫރިސްޓުން އައިސްފި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ވައިގަ މަގުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފައިވަނީ 35 ޓޫރިސްޓުންނެވެ. ދ. ކުޑަހުވަދޫ އަށް 103 ޓޫރިސްޓުން އައިސްފައިވެ އެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް 1,394,876 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.