ހުޅުމާލެއިން 353 އުޅަަނދު ޓޯކޮށް، 205 އުޅަނދު ނައްތާލައިފި

ފުލުހުން އިތުރަށް ބުނީ ޓޯ ކޮށްފަައިވާ އުޅަނދުތަކުގެ ތެރެއިން ޓޯ ޔާޑުގައި ގިނަ ދުވަސްވެފައިވާ 205 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ކާރަކާއި، 114 ސައިކަލާއި، 84 ބައިސްލަކެވެ.

ފުލުހުންގެ އޮޕަރޭޝަނެއްގައި ސައިކަލުތަކެއް ޓޯކުރަނީ

ހުޅުމާލެއިން 353 އުޅަނދު ޓޯކޮށް، 205 އުޅަނަދު ނައްތާލާފައިވާކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން އާންމުކޮށްފއިވާ ހިސާބުތަކަށް ބަލާއިރު ހުޅުމާލޭ ދެ ފިޔަވަހިން ޖުމްލަ 353 އުޅަނދު ޓޯކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ޓޯކުރި 192 އުޅަނދާއި ހުޅުމާލޭ ދެވަނ ފިޔަވަހިން ޓޯކުރި 161 އުޅަނދު ހިމެނެ އެވެ. 

ފުރަތަމަ ފިޔަވަހިން ޓޯކުރި 192 އުޅަނދުގެ ތެރެއިން އަށް އުޅަނދަކީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދެވެ. އިތުރު 37 އުޅަނދެއް ޓޯކުރީ ނުރައްކާތެރިކޮށް ދުއްވައިގެންނެވެ. އަދި ލައިސެންސް ނެތި ދުއްވި 147 އުޅަނދެއް ފުލުހުންވަނީ ޓޯކޮށްފަ އެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހިން ޓޯކުރި އުޅަނދުތަކުގެ ތެރެއިން 140 އުޅަނދަކީ ލައިސެންސް ނެތި ދުއްވައިގެން ޓޯކުރި އުޅަނދުތަކެވެ. އަދި ނުރައްކާތެރިކޮށް ދުއްވި ހަތް އުޅަނދެއް ފުލުހުންވަނީ ޓޯކޮށްފަ އެވެ. 

ފުލުހުން އިތުރަށް ބުނީ ޓޯ ކޮށްފަައިވާ އުޅަނދުތަކުގެ ތެރެއިން ޓޯ ޔާޑުގައި ގިނަ ދުވަސްވެފައިވާ 205 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ކާރަކާއި، 114 ސައިކަލާއި، 84 ބައިސިލަކެވެ. 

އޭގެ އިތުރަށް ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި 173 އުޅަނދެއް އެ އުޅަނދުތައް ހުރި ތަން ނޫން އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.