ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ ފަޅު ތެރެއިން ފެނުނު މީހާ އޮތީ މަރުވެފައި ކަމަށް ބައެއް ސޯޝަލް މީޑިޔާގެ މަންސަތަކުގައި ވާހަކަ އަންނަނީ ފެތުރެމުންނެވެ. ނަމަވެސް އޭނާ މަރުވިކަން ފުލުހުން ކަަށަވަރުކޮށްނުދެ އެވެ.
ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުން ފަޅު ތެރެއިން ހޭނެތިފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ފަޅު ތެރެއިން ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންގެންދާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަަފުސީލެއް ފުލުހުން ހާމަނުކުރެ އެވެ.
ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގެ ފަޅު ތެރެއިން ފެނުނު މީހާ އޮތީ މަރުވެފައި ކަމަށް ބައެއް ސޯޝަލް މީޑިޔާ މަންސަތަކުގައި ވާހަކަ އަންނަނީ ފެތުރެމުންނެވެ. ނަމަވެސް އޭނާ މަރުވިކަން ފުލުހުން ކަަށަވަރުކޮށްނުދެ އެވެ.
ފުލުހުން ބުނެފައިވަނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބޭ މިންވަރަކުން އެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.