މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބްރިޖު އެއްކޮށް ނިމޭނެ ކަމަށް ބެލެވެނީ 30، ސެޕްޓެމްބަރު 2026 ގަ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނި އަޅަމުން ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުވިކޮށް އަވަހަށް ނިންމުމާއި ގުޅޭގޮތުން ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ.
މި މަޝްވަރާތައް ކޮށްފައި ވަނީ އިންޑިއާ ގައި މިވަގުތު ހުންނެވި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާއެކު މިއަދު ބޭއްވި މަޝްވަރާތަކުގަ އެވެ.
ދެ ގައުމުން ބުނީ މަޝްވަރާތަކުގައި އިންޑިއާގެ އެފްކޮންސް ކުންފުނި އަޅަމުން ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުވިކޮށް އަވަހަށް ނިންމުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސަރުކާރުން ބުނާ ގޮތުން ތިލަމާލެ ބްރިޖު މަޝްރޫއުގެ 40.47 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. ރައީސް ސޯލިހްގެ ސަރުކާރު ނިމުނުއިރު ބްރިޖު މަޝްރޫއުން ނިމުނީ 29 ޕަސެންޓެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބްރިޖު އެއްކޮށް ނިމޭނެ ކަމަށް ބެލެވެނީ 30، ސެޕްޓެމްބަރު 2026 ގަ އެވެ. ނަމަވެސް ބްރިޖު އަވަސް ކުރަން މަސައްކަތް ކުރައްވަމުން ގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެ އެވެ. އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.