ޕީޖީކަމަށް ފޮނުއްވަނީ އައްބާސް ޝަރީފުގެ ނަންފުޅު

މިރާ" އަށް އިތުބާރުކުރެވޭ ތަފާތު މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުން އެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވަން ނިންމަވާފައިވަނީ އައްބާސްގެ ނަންފުޅު. އައްބާސަކީ ގިނަ ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް.

ޕީޖީގެ މަގާމަށް އައްޔަންކުރުމަށް ރައީސް ހުށަހަޅުއްވަން ނިންމަވާފައިވާ އައްބާސް ޝަރީފު، ފޮޓޯ: ރައީސް އޮފީސް

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މިހާރު ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އައްޔަންކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ނިންމަވައިފި އެވެ.  

ޕީޖީކަމަށް އައްޔަންކުރަން ރައީސް ފޮނުއްވާ ނަންފުޅެއް ހާމަކުރުމާއި، ޕީޖީ އައްޔަންކުރުމުގެ މަސައްކަތް ފަށައިގަތުމަށް މާދަމާ ރޭ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފައިވެ އެވެ. އެ ޖަލްސާގައި ޕީޖީކަމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވާ ބޭފުޅެއްގެ ނަންފުޅު ރަސްމީކޮށް އިއުލާނުކުރާނެ އެވެ. 

ނަމަވެސް "މިރާ" އަށް އިތުބާރުކުރެވޭ ތަފާތު މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުން އެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވަން ނިންމަވާފައިވަނީ އައްބާސްގެ ނަންފުޅެވެ. އައްބާސަކީ ގިނަ ދުވަހު ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

ރައީސް އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، އެފްއޭއެމްގެ އެޕީލްސް ކޮމިޓީގެ މެންބަރުކަންވެސް ކުރެއްވި އައްބާސްވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ. 

ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ގާނޫނީ ވަކީލުކަން ކުރައްވާފައިވެ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓަށް އެމަނިކުފާނު ހުށަހެޅުއްވި މައްސަލާގައި އެމަނިކުފާނު ތަމްސީލު ކުރެއްވި އެއް ބޭފުޅަކީވެސް އައްބާސެވެ. 

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުއްވި އަނބުރުގެ ދައުވާގެ މައްސަލާގައިވެސް ވަކީލެއްގެ ގޮތުގައި އައްބާސް މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރަށް އައްބާސަކީ ބޮޑެތި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ތަޖުރިބާކާރު ގާނޫނީ ވަކީލެކެވެ. 

އައްބާސް ޝަރީފު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.