ފަހުން އޭނާ ހައްޔަތު ކުރީ ކޯޓް އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު އެވެ.
އއ. އުކުޅަހުގައި ހަތަރު މީހުން އަރުވައިގެން ސައިކަލު ދުއްވި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
އެ މައްސަލާ ގައި ހައްޔަރު ކޮށްފައިވަނީ އެ ރަށު ޑޭޒީމާގެ އުމުރުން 29 އަހަރުގެ އަހްމަދު ނަސީމް އެވެ. ފުލުހުން ބުނީ މި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު އުކުޅަހު ބަނދަރު ސަރަހައްދުން ސައިކަލެއް ގައި ހަތަރު މީހުން އަރުވައިގެން ނަސީމް ސައިކަލު ދުއްވާފައިވާ ކަމަށެވެ.
އޭނާ ސައިކަލް ދުއްވީ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކަމަށް ވާތީ މަޑުކުރަން ފުލުހުން އެނގި ކަމަށާ ނަމަވެސް އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭލައްވާ އަޑުގަދަކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށެވެ. އޭގެ ފަހުން އޭނާ ވަނީ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑްގައި ދުއްވާފައި ގޮހެވެ.
ފަހުން އޭނާ ހައްޔަތު ކުރީ ކޯޓް އަމުރެއްގެ ދަށުން ޖެހިގެން އައި ދުވަހު އެވެ. އޭނާގެ ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށް ވެސް ބުންޏެވެ.