ޑޮލަރު އިތުރުވިޔަސް ރިޒާވް ދަށަށް ދިޔަ ސަބަބު ދިިރާސާ ކުރަން އެބަޖެހޭ: ނާޒިލް

އެމްޑިޕީގެ ޕީޖީ ލީޑަރު، ނާޒިލް ވިދާޅުވީ، ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަވެފައިވީނަމަވެސް ރިޒާވް ހުސްވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް--

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެ، ދައުލަތުން ކުރަންޖެހުނު ހަރަދު ކުޑަވި ނަމަވެސް ރިޒާވް ދަށަށް ދިޔަ ކަމަށް ސަަރުކާރުން ބުނާ ބުނުން ދިރާސާ ކުރަންޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވީ އެމްޑީޕީން ބާއްވަމުން އަންނަ ޕެނެލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑިޕީގެ ޕީޖީ ލީޑަރު، ނާޒިލް ވިދާޅުވީ، ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަވެފައިވީނަމަވެސް ރިޒާވް ހުސްވެފައިވާ ކަމަށެވެ.

"މިކަން އެބަޖެހޭ ނޫންތޯ ދިރާސާކުރަން. ދުނިޔޭގެ އެހެން ތަންތަނުގައިވެސް ކުރާ ކަމެއް ޔުނިވަސިޓީއަކާ ހަވާލުކޮށްގެން މިފަދަ ދިރާސާތައް ކުރުން، އެހެންވީމަ ޔުނިވާސިތީއަކާ ހަވާލުކޮށްގެންވިޔަސް އިގުތިސާދަށް މިވާގޮތް ދިރާސާ ކުރަން އެބަޖެހޭ. މިއީ މިހާޓަނަށް ދުނިޔޭގެ އެހެން ތަނެއްގައި ވެފަ އޮތް ކަމެއް ނޫން." އޭނާ ވިދާޅުވީއެވެ.

ނާޒިލް ވިދާޅުވީ ލިބޭ އާމްދަނީ އިތުރުވިއރު ތިޖޫރި ހުސްވެފައިވާ ކަމަށާއި މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.