އަލިފާން ނިއްވާލެވުނީ ވަރަށް ގިނަ އިރުގެ މަސައްކަތުންނެވެ. އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރަން ފޯމް ވެސް ބޭނުން ކުރި އެވެ.
މާލޭގައި ހުންނަ ގާމަގު ކެފޭގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނިކޮށް އަނެއްކާ ވެސް އަލިފާން ރޯވެގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
މިއަދުގެ ހާދިސާގައި އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބި ވަރަށް ބޮޑަށް އަނދާފައިވެ އެވެ.
އަލިފާން ނިއްވާލެވުނީ ވަރަށް ގިނަ އިރުގެ މަސައްކަތުންނެވެ. އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރަން ފޯމް ވެސް ބޭނުން ކުރި އެވެ.
ފުލުހުން ދެންމެ ބުނީ އެ އިމާރާތުގައި އަނެއްކާ ވެސް ރޯވެެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާން ރޯވި އިމާރާތުގައި ވަރަށް ގިނަ ބިދޭސީން ދިރިއުޅެ އެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މީހުން ވަނީ ވަގުތީ ހިޔާ އެއް ބޭނުންވެފަ އެވެ.