ބަންކަރިން ފަށަން ބޭނުންކުރާ އެއް އުޅަނދު ރާއްޖެއަށް

ބަންކަރިން ވިޔަފާރި ފަށަން ސަރުކާރުން ނިންމާފައިވަނީ މިމަހު ތެރޭގަ އެވެ. މި ހިދުމަތް ދެނީ ސަރުކާރުގެ ކުންފުނި އެސްޓީއޯއިންނެވެ.

އެސްޓީއޯއިން ބަންކަރިން ވިޔަފާރިއަށް ގެނައި ތެޔޮ އުފުލާ އުޅަނދު : މިއީ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ މިކަމަށް ހާއްސަ އުޅަނދެއް

ރާއްޖޭގައި ޓޫރިޒަމް ނޫން އެހެން ސިނާއަތެއް ތަރައްގީ ކުރުމުގެ ގޮތުން ފަށާ ބަންކަރިން ވިޔަފާރިއަށް އެސްޓީއޯއިން ގެންނަ އެއް އުޅަނދު ރާއްޖެ އަތުވެއްޖެ އެވެ. 

ސިންގަޕޫރުން ތެޔޮ ހިފައިގެން ރާއްޖެ އައިސްފައި ވަނީ އެސްޓީއޯ އިން ބަންކަރިން ފަށަން ގަނެފައިވާ 4،000 މެޓްރިކް ޓަނުގެ ތެލާއެކު ދަތުރުކުރެވޭ އުޅަނދެކެވެ. މިހާރު މި އުޅަނދު ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ކުރަން ލަސްވެފައިވާ އަނެއް ބޯޓު މި މަހު 15 ގައި ރާއްޖެ ވަންނާނެ ކަމަށް "މިރާ" އަށް އެނގިފައިވެ އެވެ. 

އެސްޓީއޯ އާއި އެމްޕީއެލް އިސްވެ އޮވެ ރާއްޖޭގައި ފަށާ ބަންކަރިން ވިޔަފާރީގައި ބޯޓު ފަހަަރަށް ހިދުމަތްދޭނީ އޮފްޝޯ ކޮށެވެ. މާނައަކީ ބަނދަރެއް ނެތް ނަމަވެސް ކަނޑު މަތިން ބޯޓު ތަކަށް ބޭނުންވާ ހިދުމަތްތައް ދޭ މޮޑެލް އަށެވެ. މިގޮތުން މި ވިޔަފާރީގެ ދަށުން ގިނަ ހިދުމަތްތަކެއް ދޭނެ އެވެ. އެސްޓީއޯ އިން މިކަމަށް ހާއްސަކޮށް ގެނައި ތެޔޮ އުޅަނދު ފަހަރު ބޯޓުތަކަށް ކައިރިކޮށް ތެޔޮ އެޅުމުގެ ހިދުމަތް ދޭނެ އެވެ. މިއީ ދުނިޔޭގައިވެސް މިގޮތަށް ދޭ ހިދުމަތެކެވެ. 

ދުނިޔޭގެ އެންމެ ބޮޑު ބަންކަރިން ކުންފުނި ވިޓޯލްއާ ގުޅިގެން އެސްޓީއޯ އިން ތެޔޮ އެޅުމުގެ ހިދުމަތް ދޭއިރު ބޯޓު ފަހަރަށް ފެނުގެ ހިދުމަތާއި ކާބޯ ތަކެތި އަދި ބައެއް މަރާމާތު ވެސް ހިމެނެ އެވެ. 

އޮފްޝޯ ބަންކަރިން ހިދުމަތް ދޭ ގޮތް

ރާއްޖެ ސަރަހައްދުން ދުވާލަކު 400 އާގު ބޯޓު ހުރަސްކުރާއިރު ސަރުކާރުން ވަނީ އޮފްޝޯކޮށް ބަންކަރިން ވިޔަފާރި ފަށައި ބަނދަރާއި މިނޫންވެސް އިންވެސްޓްމަންޓްތައް ގާއިމް ކުރަން ނިންމާފަ އެވެ. ބަންކަރިން ވިޔަފާރި ފަށަން ނިންމާފައިވަނީ ހޯރަފުށީ ފަރު ކައިރިންނެވެ. މިއީ އެންމެ ގިނަ ބޯޓު ފަހަރު ހުރަސް ކުރާ ދުނިޔޭގެ ބޮޑު މަގެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.