އެ ކުންފުނިން ފާހަގަކުރި ގޮތުއި މި ދަތުރުތައް ފެށުމުން އެ އެއާލައިނުގެ ފަސިންޖަރުންނަށް ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލަށް ދަތުރުކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.
އަޒަރްބައިޖާން އެއާލައިންސްއިން ތާރީހުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ އެއާލައިނުން ރާއްޖެއަށް ފަށާ ދަތުރުތައް އޮންނާނީ އަޒަރްބައިޖާނުގެ ވެރިރަށް ބާކޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެދުގަ އެވެ. އެ އެއާލައިނުން ސިފަކުރި ގޮތުގައި މި ދަތުރުތައް ފެށުމަކީ އެ ކުންފުނީގެ ތާރީހުގައި ހާސިލުވި މުހިއްމު ކާމިޔާބެކެވެ.
އެ ކުންފުނިން ފާހަގަކުރި ގޮތުއި މި ދަތުރުތައް ފެށުމުން އެ އެއާލައިނުގެ ފަސިންޖަރުންނަށް ދުނިޔޭގެ އެންމެ ރީތި އެއް މަންޒިލަށް ވާސިލުވުމަށް މަގުފަހިކުރެވޭނެ އެވެ.
އަޒަރްބައިޖާން އެއާލައިނުން ރާއްޖެއަށް ކުރާ ފުރަތަމަ ދަތުރުކުރާނީ އަންނަ ނޮވެންބަރު މަހުގެ އަށްވަނަަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހުކުރު އަދި އާދީއްތާގައި އެ އެއާލައިނުގެ ފުލައިޓުތައް ރާއްޖެއާއި އަޒްރްބައިޖާނާ ދެމެދު ދަތުރުކުރާނެ އެވެ.
އެ އެއާލައިނުން ފާހަގަކުރި ގޮތުގައި މި ދަތުރުތައް ފެށުމުން ދެ ގައުމުގެ މެދުގައި ދަތުރުކުރާ މީހުންނަށް އެހެން ގައުމެއްގައި މަޑުކުރަންޖެހުމުން ވަގުތު ގެއްލުމާއި ކުރިމަތިވާ އުނދަގޫތައް ނިމުމަކަށް އަންނާނެ އެވެ.
ދަތުރުތައް ފެށުމާއެކު އެއާލައިނުގެ ވެބްސައިޓުންނާއި މޯބައިލް އެޕުގެ އިތުރަށް އޭޒީއޭއެލް ޓިކެޓު އޮފީސްތަކުން ޓިކެޓު ނެގޭނެ ކަމަށް އަޒަރްބައިޖާން އެއާލައިންސްއިން ބުންޏެވެ.