ވީޕޭ އާއި އަލީޕޭއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
ޅ. އަތޮޅުގައި ހިންގާ ފުށިފަރު ރިސޯޓުން ބުނީ ވީޕޭ އާއި އަލީޕޭ އިން ޗައިނާ ޓޫރިސްޓުންނަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ޗައިނާ އިން އަންނަ ޓޫރިސްޓުންނަށް ލިބިގެންދާނެ ފަސޭހަ އެކެވެ.
ސަރުކާރުން ވަނީ ވީޕޭ އާއި އަލީޕޭގެ ހިދުމަތް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ފަށާފަ އެވެ. އެކަމަށްޓަކައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޗައިނާގެ އިސް ފަރާތްތަކާއެކު ގިނަ މަސައްކަތް ތަކެއް ކުރައްވާފަ އެވެ.
އެމްއެމްޕީއާރުސީ އިން ވަނީ ޓޫރިސްޓުންނަށް ހިދުމަތް ދޭ ވިޔަފާރިތަކުން ވީ-ޕޭ ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ އެއްބަސްވުމެއްގައި ވެއިޝިން ކުންފުންޏާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރުސީ) އިން ސޮއިކޮށްފަ އެވެ.