ޑޮލަރު ވިއްކަން ކަމަށް ބުނެ ސްކޭމް ހިންގާތީ ސަމާލުވާން އެދިއްޖެ

އެހެންކަމުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި، އިތުބާރު ހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ އިދާރާ -- މިރާ

ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޑޮލަރު ވިއްކަން ކަމަށްބުނެ މަކަރާ ހީލަތުން ފައިސާ އަތުލާ މައްސަލަ ބޮޑުވެފައިވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިފަދަ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށެވެ.

އެހެންކަމުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި، އިތުބާރު ހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އޭރުން މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުމުން ސަލާމަތް ވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އެކި ގޮތް ގޮތަށް ދަނީ މީހުން އަތުން ފައިސާ ފޭރެމުންނެވެ. ޑޮލަރު ވިއްކާ އެކި ގްރޫޕުތައް މި ވަސީލަތްތަކުގައި ހުރިއިރު، މިކަން އެންމެ ފުޅާ ދާއިރާއެއްގައި ކުރަނީ ޓެލެގްރާމުގަ އެވެ. އެކި ގްރޫޕުތަކުގައި ޑޮލަރު ވިއްކަން ޖަހައި، މީހުން ފައިސާ ފޮނުވުމުން ނަންބަރު ބްލޮކް ކޮށްލަނީ އެވެ. 

މިފަދަ ކަންކަމަށް ސަމާލުވާން ތަކުރާރުކޮށް އިލްތިމާސް ކުރިޔަސް، އަދިވެސް އެ މަޅީގައި ޖެހޭ މީހުން ގިނަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.