ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު މަގާމުން ވަކިކޮށްފި

ޔޫސުފަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހައްދުންމަތީ ގަމު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ކުރެއްވި އެވެ.

ޔޫސުފް އަބްދުލްޣަފޫރު

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެއްގެ ގޮތުގައި ހުންނެވި ޔޫސުފް އަބްދުލްޣަފޫރު އެ މަގާމުން ވަކިކޮށްފި އެވެ. 

ޔޫސުފް އެ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަނުކުރި ނަމަވެސް ސަރުކާރުގެ އޮފިޝަލަކު "މިރާ"އަށް އޭނާ މަގާމުން ވަކިކޮށްފައިވާކަން ޔަގީންކޮށްދެއްވި އެވެ. އޭނާ މަގާމުން ވަކިކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. 

ޔޫސުފަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހައްދުންމަތީ ގަމު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޒައާމަތުގައި އެއިރު ހިންގަމުން އައި ޕީޕަލް އެލައިންސް (ޕީއޭ)ގެ މެންބަރެއްގެ ގޮތުގަ އެވެ. 

އޭގެ ފަހުން 2014 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަންވެސް ޔޫސުފް ކުރައްވާފައިވެ އެވެ. 

ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވެގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ސަރުކާރުންވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބައެއް މީޑިޔާއަށް މައުލޫމާތު ދީފަ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވަނީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ އިތުރުނުކުރެއްވުމާއެކު މަސައްކަތުގައި ނަތީޖާ ނުރެވޭ މީހުން ސިޔާސީ މަގާމުތަކުގައި ނުބޭތިއްބެވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.