މާލޭގައި ހިނގި އެކްސިޑެންޓް ގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

އެކްސިޑެންޓް ހިނގާފައި ވަނީ ކޮއިމަލާ ހިނގުމުން ލަނބާލި ޓެކްސީ ކާރުގައި ސައިކަލު އައިސް ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ: ރޭ މެންދަމު ވަނީ ނިޔާވެފައި

މާލޭގައި ކާރަކާއި ސައުކަލެއް ޖެހި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ. 

މި މަހުގެ ތިންވަނަ ދުވަހުގެ ރޭ 12:53 ހާއިރު މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެވެ.

ސައިކަލުގައި އިނީ އުމުރުން 21 އަހަރުގެ މުހައްމަދު ލީވާން އަބްދުލްލަތީފެވެ. ގދ. ގައްދޫއަށް ނިސްބަތްވާ ޒުވާނާއަށް ވަރަށް އަނިޔާވި އެވެ.

ނިޔާވީއިރު ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގަ އެވެ. ނިޔާވީ ރޭ މެންދަމު އެވެ.

ލީވާންގެ ޖަނާޒާ އޮތީ މެންދުރު ނަމާދަށް ފަހު އެވެ.

މި ހާދިސާއާ ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެކްސިޑެންޓް ހިނގާފައި ވަނީ ކޮއިމަލާ ހިނގުމުން ލަނބާލި ޓެކްސީ ކާރުގައި ސައިކަލު އައިސް ޖެހިގެންނެވެ. ސައިކަލުގެ ކުރީބައި އޮތީ އެއްކޮށް ފުނޑުފުނޑު ވެފަ އެވެ. ކާރަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

މިދިޔަ ހުކުރު ވިލޭރޭ ހުޅުމާލޭގައި ރޭސްކާރަކާ ސައިކަލެއް ޖެހި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.