އެ ހަރަކާތް ހުޅުމާލޭގައި ކުރިއަށްދާނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ދެމެދު އެވެ. އެ ހަރަކާތް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭ މެރީ ބްރައުން ސަރަހައްދުގައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ހިދުމަތުން ބޭނުންކުރާ އުޅަނދުތަކާއި އާލަތްތައް ދައްކައިލުމުގެ ހަރަކާތެއް މިއަދު ހުޅުމާލޭގައި ގެންދަން ނިންމައިފި އެވެ.
ހުޅުމާލޭގައި ބާއްވާ ހަރަކާތުގެ އިތުރަށް މާލޭގައި ފުލުހުންވަނީ މިފަދަ ހަރަކާތެއް އިއްޔެ ބާއްވާފަ އެވެ. އެ ހަރަކާތުގައި ފުލުހުން ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ދައްކާލާފައިވެ އެވެ. އަދި ފުލުހުން ބޭނުންކުރާ ޔުނިފޯމުތަކާއި ތަފާތު އާލާތްތައްވެސް އާންމުންނަށް ދައްކައިލި އެވެ.
މި ހަރަކާތުގައި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވި އެވެ. އެގޮތުން ފްރޮންޓްލައިން އޮފިސަރުންނާއި، ސްޕެޝަން އޮޕަރޭޝަންސް، ކޭނައން ސްކޮޑާއި، މެރިން ޕޮލިސް އަދި ސްވަޓް ޕޮލިސްގައި ހަރަކާތްތެރިވާ ފުލުހުން އެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއިރު އެ ކުދިންނަށް އުޅަނދުތަކަށް އަރައި ފޮޓޯ ނެގުމާއެކު އުޅަނދުތައް ތަޖުރިބާކުރުމުގެ ފުރުސަތު ދީފައިވެ އެވެ.
އިއްޔެ މާލޭގައި ބޭއްވި ހަރަކާތް މިއަދު ހުޅުމާލޭގައި އޮންނާނެ އެވެ. އެ ހަރަކާތް ކުރިއަށްދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ދެމެދު އެވެ. އެ ހަރަކާތް ބާއްވަން ނިންމާފައިވަނީ ހުޅުމާލޭ މެރީ ބްރައުން ސަރަހައްދުގައިކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް)ގެ ދަށުން ގެންދިޔަ ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 1 ސެޕްޓެންބަރު 2024 ގައި މަދަނީ ހިދުމަތެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދޭން ފެށިތާ 20 އަހަރު ފުރިފައިވެ އެވެ.