އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އުތީމު ކިތަންމެ ކުޑަ، އަދި ރައްޔިތުންގެ އަދަދު މަދު ނަމަވެސް، ދިވެހިންގެ ފަހުރުވެރި ތާރީހުގައި އެރަށުގެ ނަން ލިޔެވިފައި އޮތީ ރަންއަކުރުން ކަމަށެވެ.
ހއ. އުތީމަކީ މި ދިވެހި އުންމަތަށް ނަމޫނާ ދެއްކި މަދަރުސާޢެއް ކަމަށާއި އެއީ ޒައާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އުތީމު ކިތަންމެ ކުޑަ، އަދި ރައްޔިތުންގެ އަދަދު މަދު ނަމަވެސް، ދިވެހިންގެ ފަހުރުވެރި ތާރީހުގައި އެރަށުގެ ނަން ލިޔެވިފައި އޮތީ ރަންއަކުރުން ކަމަށެވެ.
ޝަހީމް ވިދާޅުވީ މިއަދުވެސް އުތީމުން އެފަދަ ޝަހުސިއްޔތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތް ކަމަށެވެ.
"މުހައްމަދު ތަކުރުފާނުގެ މިފަސްގަނޑުން އަޅުގަނޑުމެން އެދެނީ އިތުރު އެފަދަ ޝަހުސިއްޔަތުތައް މިގައުމަށް ނެރުން. އުތީމާއި މި އަތޮޅަކީވެސް އަޅުގަނޑުމެންނަށް ސިޔާސީ އެތައް ލީޑަރުންނެއް ނެރުއްވި އަތޮޅެއް. މިއަދު އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަކީވެސް މި އަތޮޅާ ވަރަށް ގުޅުން އޮންނަ ބޭފުޅެއް. ތިބޭފުޅުންގެ އިއްޒަތްތެރި މެމްބަރުވެސް އެއީ މިއަތޮޅަށް ނިސްބަތްވާ ބޭފުޅެއް. އަދި މިނޫންވެސް އިލްމީ، ފިކުރީ، ސިޔާސީ އެތައް ބޭފުުޅުންނެއް ވަނީ މިއަތޮޅުން ދިވެހި އުންމަތައް ނެރެދެއްވާފަ." އޭނާ ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ އުތީމުގައި ކުރަމުންދާ ގައުމީ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ ކަންކަމަށް ހާއްސަ އިިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ރަށުގެ އިސްވެރިންގެ ފަރާތުން ކީރިތި ގުރުއާން އުނގަންނައި ދިނުމުގެ މަސައްކަތްތަކުގެ ވާހަކަ ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ސަރުކާރުގެ ފަރާޓުން ދެވެން އޮތް އެންމެހާ އެއްބާރުލުމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ މި ގައުމުގެ ސަގާފަތާއި، އާދަކާދަތަކާއި ބަހާއި، އަލުން ވިޔުމަށްޓަކައި ދިވެހި ބަހާއި ސަގާފަތާއި ތަރިކަ އާއި ބެހޭ ވުޒާރާއިން، ރައީސް މުއިއްޒުގެ އިރުޝާދާއި ފުރިހަމަ އެއްބާރުލުމާއެކު ކުރަމުންދާ މަސައްކަތުގައި ބަރަކާތްތަ ލައްވައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެދޭ ކަމަށެވެ.