މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ޕޮލިސީ: ނާއިބު ރައީސް

ނާއިބު ރައީސް ވަނީ ބޮޑުތަކުރުފާނު ފަދަ ބަތަލުންގެ ހިންމަތުން އިބްރަތް ހާސިލްކޮށް، މި ގައުމުގެ ހައްގު ގައި ޖިހާދު ކުރާނެ ހިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް

މި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ދިވެހި ގައުމަށް އިސްކަން ދިނުމުގެ "މޯލްޑިވްސް ފަސްޓް" ޕޮލިސީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކަންދެއްވަނީ ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ކަށަވަރުކޮށް ބޭއްވެވުމަށް ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމަކަށް މި ފަސްގަނޑުގައި ޖާގަ ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް ވާސިލްވުމަށް އެންމެން އަޒުމު ކަނޑައަޅައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"މިއަދު އަޅުގަނޑުމެން ދިވެހީން އެއް ރޫހެއްގައި އަތާއަތްގުޅައި އަޒުމު ކަނޑައަޅަންވީ މި ލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދުމެ ދެމެހެއްޓުމަށް"

ނާއިބު ރައީސް ވަނީ ބޮޑުތަކުރުފާނު ފަދަ ބަތަލުންގެ ހިންމަތުން އިބްރަތް ހާސިލްކޮށް، މި ގައުމުގެ ހައްގު ގައި ޖިހާދު ކުރާނެ ހިދުމަތްތެރި ދަރީންތަކެއް ބިނާކުރުމަށް ބާރުއަޅުއްވާފަ އެވެ.

އެމަނިކުފާނުގެ ވީޑިއޯ މެސެޖު ނިންމަވާލައްވާފައި ވަނީ ގައުމީ ދުވަހުގެ ހެޔޮއެދުންތައް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވައި، ގައުމުގެ ދެކެ ލޯބިވުން އިސްކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ގައުމަށް ހިދުމަތް ކުރުމުގެ އަގުހުރި ވާޖިބު ތެދުވެރިކަމާއެކު އަދާކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.