ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު މޫސާ ލަތީފަށް

ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރު މަސައްކަތް ކުރައްވާފައިވާ މޫސައަށް ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގައުމީ އިނާމު ދެއްވާފައި ވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.

ނޫސްވެރިކަމުގެ ޝަރަފުވެރި ކަމުގެއިނާމު ލިބިވަޑައިގަތް މޫސާ ލަތީފު -- ފޮޓޯ: މިހާރު

ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު، މ. ހުސްނޫ، މޫސާ ލަތީފަށް ސަރުކާރުން ދީފި އެވެ.

މޫސަ ނޫސްވެރިންކަމުގެ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ "ހަވީރު" ނޫހުގަ އެވެ. އޭގެ ފަހުން "މިހާރު" ގެ އެޑިޓަރުކަން ވެސް ކުރެއްވުމަށްފަހު މިހާރު މަސައްކަތް ކުރައްވަނީ "ދައުރު" ނޫހުގެ އެޑިޓަރެއްގެ ގޮތުގަ އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 35 އަހަރު މަސައްކަތް ކުރައްވާފައިވާ މޫސައަށް ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގައުމީ އިނާމު ދެއްވާފައި ވަނީ މިހާރު ކުރިއަށްދާ ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.

ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން 2001 ވަނަ އަހަރު މޫސައަށް ވަނީ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، އެ ދާއިރާއަށް ދެމެހެއްޓުމުގެ ހިދުމަތުގެ ރިހި ގަލަން ވެސް ސަރުކާރުން އޭނާ އަށް ދީފައިވެ އެވެ.

މޫސަ އަކީ މިހާރުވެސް އެކި ދާއިރާތަކުން މުހިންމު ލިޔުންތައް ލިޔުއްވާ ނޫސްވެރިއެކެވެ. އަދިވެސް ހުންނެވީ ހިދުމަތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.