އެމްއެމްއޭ އިން ބުނީ އިއުލާނު ބާތިލު ކުރީ އެކަށީގެންވާ އަދަދެއްގެ ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައި ނެތުމުގެ ސަބަބުންނެވެ.
ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަސް މީހަކު ހޯދުމަށް ކުރި އިއުލާނު ބާތިލުކޮށް އާ އިއުލާނެއް ކޮށްފި އެވެ.
އެމްއެމްއޭ އިން ބުނީ އިއުލާނު ބާތިލު ކުރީ އެކަށީގެންވާ އަދަދެއްގެ ޝަރުތުހަމަވާ އެޕްލިކޭޝަން ލިބިފައި ނެތުމުގެ ސަބަބުންނެވެ. އަދި ބުނީ އެ އިއުލާން ބާތިލްކޮށް އަދި ޓާމްސް އޮފް ރިފަރަންސްއަށް ބަދަލުގެނެސް އެމަގާމްތަކަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ.
އެ އޮތޯރިޓީން މީހުން ހޯދަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. ޖުމްލަ ފަސް ދާއިރާއަަކަށް މީހުން ހޯދަ އެވެ. އެއީ؛
މަގާމުގެ މުސާރައާ އިނާޔަތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 50،000 - 55،000 ރުފިޔާ އެވެ.
ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު އެކެއް ޖަހާއިރު އެވެ. ކުރިމަތިލާ މީހުން ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) އާއި ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާނަމަ ނަމަ ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ތަނުގެ ރަސްމީ ލިޔުމެއް އަދި ދައުލަތުގެ އެއްވެސް އިދާރާއަކަށް ހިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން އެ އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެ ކަމުގެ ލިޔުމެއް ހުށައަޅަން ޖެހެ އެވެ.
އެމްއެމްއޭ އިން ބުނީ ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv ލިންކްގައިވާ ޕޯޓަލް ކަމަށެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް ޕޯޓަލްއިން ފެންނާނެ ކަމަށެވެ.