ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފޮނުއްވައިފި އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ރައީސް ފޮނުއްވެވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ގައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އެމަނިކުފާނު ގައުމާ މުހާތަބު ކުރައްވާނެ އެވެ.

ޖަލްސާ އޮތީ މާދަމާ ރެ އެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަ ގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.

ގައުމީ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ. ރައީސް ވަނީ ގައުމީ ދުވަހުގެ އިތުރުން ޖެހިގެން އަންނަ ދުވަސްވެސް ބަންދު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.