ވީއައިއޭގެ ދަތުރުތައް | އިންޓަނޭޝަނަލް ފުލައިޓު މޫވުމެންޓުތައް އިތުރުވެއްޖެ

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ވީއައިއޭއިން ކޮށްފައިވަ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަދަދަކީ 9،284 ދަތުރެވެ. އެހެންކަމުން މި އަހަރު އިންޓަނޭޝަނަލް ދަތުރުތައް %4 އިތުރުވެފައިވާކަން ފެނެ އެވެ.

ކުވޭތު އެއާވޭސްގެ މަތިންދާ ބޯޓު މާލޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން މަރުހަބާގެ ހަފުލާއެއް ކުރިޔަށް ގެންދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ހިންގާފައިވާ ބައިނަލްއަގުވާމީ ދަތުރުފަތުރުތައް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވީއައިއޭއިން 9،698 އިންޓަނޭޝަނަލް ދަތުރުކޮށްފައިވެ އެވެ. 

ފާއިތުވި އަހަރުގެ އެ މުއްދަތުގައި ވީއައިއޭއިން ކޮށްފައިވަ ބައިނަލްއަގުވާމީ ދަތުރުތަކުގެ އަދަދަކީ 9،284 ދަތުރެވެ. އެހެންކަމުން މި އަހަރު އިންޓަނޭޝަނަލް ދަތުރުތައް %4 އިތުރުވެފައިވާކަން ފެނެ އެވެ. 

ނިމުނު އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވީ ޝެޑިއުލް ފުލައިޓުތަކެވެ. ނަމަވެސް ޗާޓަރު ފުލައިޓުތަކާއި ޕްރައިވެޓު ޖެޓުތައް ދަތުރުކުރި މިންވަރު ފާއިތުވި އަހަރަށްވުރެ ކުޑަކޮށް މަދެވެ. 

ނިމުނު އަހަރު ދަތުރުކުރި ފުލައިޓުތައް

  •  ޝެޑިއުލް ފުލައިޓުތައް 8،446
  •  ޕްރައިވެޓު ޖެޓާއި ޗާޓަރު ފުލައިޓުތައް 838

މި އަހަރުގެ ޖުލައިގެ ނިޔަލަށް ދަތުރުކުރި ފުލައިޓުތައް

  •  ޝެޑިއުލް ފުލައިޓުތައް 8،866
  •  ޕްރައިވެޓު ޖެޓާއި ޗާޓަރު ފުލައިޓުތައް 832

އިންޓަނޭޝަނަލް ފުލައިޓުތައް އިތުރުވެފައިވާއިރު އެ މުއްދަތުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 1.1 މިލިއަން ފަތުރުވެރިން އައިސްފައިވެ އެވެ. 

މި އަހަރު ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ޖުމްލަ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު އޮކްޓޯބަރު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު އިތުރުވާނެ ކަމުގައި ބެލެވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.