މި ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
އެލައިޑް ލައިފް ޕްރޮމޯޝަންގެ ނަމުގައި އެލައިޑް އިންޝުއަރެންސް އިން ފަށާފައިވާ ޕްރޮމޯޝަންގައި ބޮޑު ޑިސްކައުންޓެއް ދޭން ނިންމައިފި އެވެ.
އެލައިޑުން ޕްރޮމޯޝަނާއި ބެހޭގޮތުން މައުލޫމާތު ދެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން އާއި މާކެޓިން މެނޭޖަރު އައިޝަތު ސުދާ އެވެ.
މި ޕްރޮމޯޝަންގެ ތެރެއިން އެލައިޑް ލައިފް އިންޝުއަރަންސް ޕްލޭނެއް ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
މި ލައިފް ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މިމުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމް އެޝުއަރަންސް ޕްލޭން ނުހިމަނާކަމުގައި އެކުންފުނިން ބުންޏެވެ.
ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދާ ސްމާޓް ސޭވިން ޗޮއިސަސް އަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކި ވަކި ފަރުދުން ބާރުވެރިކުރުވުމުގެ މަގުސަދުގައި ފަށާފައިވާ މިޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިޔަށްގެންދިޔުމަށް އެލައިޑުން ވަނީ ނިންމާފަ އެވެ.
އެގޮތުން، ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބާއި އެކު ކުރިޔަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ "އެލައިޑް ފެސްޓް" މިއަހަރުވެސް ކުރިޔަށްދާނެ ކަމުގައި އެލައިޑުން މައުލޫމާތު ދެއެވެ. މި މަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މިހަވީރުގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވެސް އެލައިޑުން ވަނީ ރާވާފަ އެވެ.
މިޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑުގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުމަށް އެލައިޑުން އިރުޝާދު ދެއެެވެ. ނުވަތަ ވެބްސައިޓް، އެލައިޑް.އެމްވީގެ ލައިވް ޗެޓް ހިދުމަތްވެސް ހޯދޭނެ އެވެ.