މިދުވަސްވަރު ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޑެންގޫގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރު ވެސް ވަރަށް ބޮޑަށް އިތުރެވެ.
ޑެންގޫއަށް ފަރުވާ ދެނިކޮށް ރާއްޖެއިން މިއަދު ދެ މީހަކު މަރުވެއްޖެ އެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގޫ ފެތުރެމުންދާއިރު އެ ބަލީގައި މިއަދު މަރުވީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާއި 21 އަހަރުގެ ޒުވާނެކެވެ. އެ ޒުވާނާއަކީ ރ. އަތޮޅު ދުވާފަރަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ މަރުވީ ޑެންގޫ ޖެހި ހާލު ބޮޑުވެގެން ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.
ޑެންގޫ ދެން މަރުވި ނުވަ އަހަރުގެ އަންހެން ކުއްޖާއަކީ ލ. އަތޮޅު ފޮނަދޫ ކުއްޖެކެެވެ. ޑެންގޫ ޖެހި ހާލު ސީރިއަސްވުމުން ގަން ރީޖަނަލް ހޮސްޕިޓަލުން މާލެ ފުރުވާލައި އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް މަރުވީ އެވެ. ކުއްޖާ މަރުވީ ހާލު ބޮޑުވެ ވެންޓިލޭޓަރަށް ވެސް ލާފައި އޮއްވައެވެ.
މިދުވަސްވަރު ހުމާއި ރޯގާ ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޑެންގޫގެ ކޭސްތައް ރިޕޯޓް ކުރެވޭ މިންވަރުވެސް އިތުރެވެ.