ފުވައްމުލަކުގެ އަންހެނުންގެ ހާލަތު ބަލަން ދިރާސާއެއް ހަދަނީ

ފުވައްމުލަކު ސިޓީގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ސާވޭ އެއް ހަދަން ނިންމި ސަބަބެއް އެ ކައުންސިލުން ނުބުނެ އެވެ.

ފުވައްމުލަކު ސިޓީ

ފުވައްމުލަކު ސިޓީގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ސާވޭ އެއް ހަދަން ނިންމައިފި އެވެ. ސާވޭ ހަދަނީ ސިޓީ ކައުންސިލުންނެވެ.

އެ ކައުންސިލުން މިއަދު ގެޒެޓް ކުރި އިއުލާނެއް ގައި ބުނެފައި ވަނީ ފުވައްމުލަކު ސިޓީގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ސާވޭ އެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާން ކުރާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތު ހަމަވާ ބަޔަކަށް ހުޅުވާލާ ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ މީހުން އަންނަ މަހުގެ ތިނެއްވާ އަންގާރަ ދުވަހުގެ 12:00 އަށް ކައުންސިލް އިދާރާގެ މެއިލް އެޑްރެހަށް އިއުލާން ނަންބަރާއި ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު -- ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރާނީ ސެޕްޓެމްބަރު ފަހެއް ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިންނެވެ. ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.

ފުވައްމުލަކު ސިޓީގެ އަންހެނުންގެ ހާލަތު ދެނެގަތުމަށް ސާވޭ އެއް ހަދަން ނިންމި ސަބަބެއް އެ ކައުންސިލުން ނުބުނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.