ވަކީލުން ނެތިގެން ޔޯގާ މައްސަލައިގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރަށް ޖަލަށްލުމެވެ.

ނިޝާން އަދި ފަޒްލޫން --

ން 21، 2022 ގައި ބޭއްްވި ޔޯގާ އިވެންޓް ހުއްޓުވުމުގައި އުފެދުނު ހަމަނުޖެހުންތަކާއި ގުޅިގެން ދައުވާ އުފުލާފައިވާ ދެ އިލްމުވެރީން ކަމަށްވާ ޝައިހު އާދަމް ނިޝާނާއި ޝައިހު ފަޒްލޫން މުހައްމަދުގެ ދިފާއީ ވަކީލުން ނެތުމުން މިއަދުގެ އަޑުއެހުން ކުރިއަކަށް ނުގެންދެވުނެވެ.

މި މައްސަލައިގައި މީގެ ކުރިން ދެ އަޑުއެހުމެއް ބާއްވާފައިވާއިރު، ފުރަތަމަ އަޑުއެހުމުގައި ވެސް ވަކީލުން އައްޔަނު ކުރަން ފުރުސަތު ދީފައިވެ އެވެ. ދެވަނަ އަޑުއެހުމަށް ދެ ބޭފުޅުން ވެސް ވަޑައިގެންފައި ވަނީ ވަކީލް އަލީ ސައީދާ އެކު އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ ފެބްރުއަރީ 1، 2023 ގަ އެވެ.

އޭގެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިއަދު އެވެ. މިއަޑުއެހުމަށް ދެ އިލްމުވެރިން ވެސް ވަޑައިގެންފައި ވަނީ ވަކީލު ނުލަ އެވެ. މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުގައި ކަމުން، މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ. މި މައްސަލައިގައި ދެން އޮންނާނީ ދައުވާއަށް ޖަވާބުދާރީ ވުމެވެ.

ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މި ކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރަށް ޖަލަށްލުމެވެ.

މި މައްސަލައާ ގުޅިގެން ދެ ބޭފުޅުންގެ ނަސޭހަތް ދިނުމުގެ ހުއްދަ އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް މިދިޔަ މާޗް މަހު އަލުން އެ ހުއްދަ ވަނީ އަނބުރާ ދީފަ އެވެ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމުގައި ދެ އިލްމުވެރިންނާއެކު 18 މީހަކަށް ވަނީ ދައުވާ ކޮށްފަ އެވެ. ޝަރީއަތް ހިންގަނީ އެކި މީހުން ވަކިންނެވެ. އެކަމަކު ހެކި ރައްކާތެރިކުރުމުގެ އަމުރާމެދު ގޮތެއް ނިންމާއިރު ހުރިހާ އެންމެންގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދިއުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.