ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

އޭނާ ބުނެފައި ވަނީ "ޗަމްޕާ ގެސްޓް ހައުސް މީހާ މަގޭ ކާރީގަ ގެންދަން ބުނީ،" ކަމަށެވެ. ނަގުދު ފައިސާގެ ހަ ބޮނޑި ޕެކެޓް ތެރޭ އޮތްއިރު، ކޮންމެ ބޮނޑިއެއްގައި މީހެއްގެ ނަން ލިޔެފައިވެ އެވެ.

ގަވާއިދާ ހިލާފަށް ބޭރު ކުރަން އުޅުނު ޑޮލަރު --

ލަގެޖުގައި ފޮރުވައިގެން ރާއްޖޭން ބޭރަށް ގެންދަން އުޅުނު 81،030 ޑޮލަރު އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ބޭރު ކުރަން އުޅުނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ.

އޭނާ ދަތުރު ކުރަން މަސައްކަތް ކޮށްފައި ވަނީ މާލެ އިން ޑާކާ އަށެވެ. އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ ޔޫއެސް ބަންގްލާ އެއާލައިންސް އިންނެވެ.

ޑޮލަރު ބޮނޑިތައް ބަންދު ކޮށްފައި އޮތް ޕެކެޓް --

ބޮނޑި ބޮނޑިއަށް ހުރި ޑޮލަރުތައް އެމީހާގެ ލަގެޖުން ހޯދާފައި ވަނީ ކޯންފްލެކްސް ޕެކެޓެއްގައި ބަންދު ކޮށްފައި ހުއްޓަ އެވެ. އޭވިއޭޝަން ސެކިއުރިޓީން އާންމު ކޮށްފައިވާ ވީޑިއޯއިން ބަންގްލަދޭޝް މީހާ ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވީޑިއޯގައި އެ ޕެކްޓް ކަނޑާތަން ވެސް ފެނެ އެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ "ޗަމްޕާ ގެސްޓް ހައުސް މީހާ މަގޭ ކާރީގަ ގެންދަން ބުނީ،" އެހެންނެވެ. ނަގުދު ފައިސާގެ ހަ ބޮނޑި އެ ޕެކެޓް ތެރެއިން ނެރެފައިވާއިރު، ކޮންމެ ބޮނޑިއެއްގައި މީހެއްގެ ނަން ލިޔެފައިވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން، ކަސްޓަމްސް އަދި ފުލުހުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.