"ދައުލަތް ހިންގުމުގައި ރައްޔިތުންގެ ދައުރު އިތުރުކުރަން ވޯޓުލާން ނުކުތުން މުހިންމު"

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 25 ވަނަ ދުވަހަކީ ވޯޓުލާ މީހުން ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ބާރަކީ ފާހަގަ" މިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވެފައި، ބަސްބުނެ ގޮތް ކަނޑައެޅުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބިދީފައިވާތީ ވޯޓު ލުމުގެ ހައްގު އަދާކުރުމަކީ މުހިންމު ކަމެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަހާ ގުޅިގެން ފުއާދު ދެއްވި ހާއްސަ ހިތޯބުގައި ވިދާޅުވީ މިދުވަހަކީ އެމީހެއްގެ ނަޒަރުގައި އެމީހަކު ގަބޫލުކުރާ ވެރިންތަކެއް ނުވަތަ ގައުމު ހިންގާނެ ބަޔަކު ހޮވުމުގައި އެމީހެއްގެ ބައިވެރިވުން ރަމްޒުކޮށްދޭ ދުވަސް ކަމަށެވެ.

ގާނޫނުއަސާސީން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދީފައިވާއިރު، ޑިމޮކްރެޓިކް ނިޒާމެއްގައި ކޮންމެ މީހެއްގެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށެވެ. 

"ގައުމުގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުން ބައިވެރިވެ، އިންތިހާބުތަކުގައި ވޯޓްލާން ނުކުތުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އެންމެ މުހިންމު އެއް އަސާސް. ވޯޓަކީ ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ އެންމެ މަތީ ވެރިޔާ އިންތިހާބު ކުރުމުގެ ބާރު. އަދި އެބާރަކީ ދައުލަތް ހިންގުމަށް ބޭނުންވާ ގާނޫނުތައް ހެދުމަށް، އެންމެހާ ރައްޔިތުން ތަމްސީލު ކުރެވޭނެހެން ރައްޔިތުންގެ މަންދޫބުން އިންތިހާބު ކުރުމުގެ ބާރު،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ކޮންމެ މަގާމަކަށް ވެސް މީހުން އިންތިހާބު ކުރަނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓު ދީގެން ކަމަށާއި މި މުހިންމު ބާރުގެ އެންމެ ފުރިހަމައަށް ހިފުމަށް ވޯޓުލާން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި، ކުރިއަށް އޮތް ޖީލުތަކަށް ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރަގަޅު ވެރިންތަކެއް އިންތިހާބު ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން، ގައުމުގެ ކަންކަން ރަގަޅު ކުރުމަށް ޒުވާނުންނާއި ހަރު މީހުންނާ އިސް މީހުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި އެހެންކަމުން އަބުރުވެރިކަމާއެކު ވޯޓުލާން ނުކުތުން މުހިންމު ކަމަށެވެ.

"މިއަދުގެ ފާހަގައާ އެކީގަ އަޅުގަނޑުމެންގެ އިލްތިމާސަކީ ކޮންމެ ބޭފުޅެއްވެސް އެބޭފުޅެއްގެ ވޯޓުލެއްވުން އެއީ އުފަލަކަށް ވެސް ހައްދަވާށޭ، ވާޖިބެއްގެ ގޮތުގަ ވެސް ދެކިވަޑައިގަންނަވާށޭ އަދި އެއީ އެބޭފުޅެއްގެ މަސްއޫލިއްޔަތެއްގެ ގޮތުގަ ވެސް ދެކިވަޑައިގަންނަވާށޭ،" ފުއާދު ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 25 ވަނަ ދުވަހަކީ ވޯޓުލާ މީހުން ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ބާރަކީ ފާހަގަ" މިއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.