"ފުވައްމުލަކު ފެނަކައާއި ވެމްކޯއަށް ދިމާވެފައިވާ މައްސަލަތަށް ހައްލުކުރަން އިސްކަމެއް ދޭނަން"

އެ ސިޓީގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެނަކައިގެ އިންޖީނުގެއާ، ސުވަރޭޖް ސިސްޓަމް ބަހައްޓާފައިވާ މަރުކަޒާއި، ފެން ޕްލާންޓް ބަހައްޓާފައި ހުރި މަރުކަޒު ހަރުދަނާ ކުރަން ވަރަށް ގިނަ ކަންކަން ކުރަން ވެފައިހުރިކަން ފާހަގަކުރެއްވި އެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް --

ފުވައްމުލަކު ސިޓީގައި ހުންނަ ފެނަކަ އޮފީހާއި ވެމްކޯގެ މަސައްކަތަށް ދިމާވެފައިވާ މައްސަލަތަކަށް އިސްކަމެއް ދީގެން ހައްލު ހޯދައިދެއްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ އެ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ އެރަށުގައި ހުންނަ އިދާރާތަކުގައި ހުރި މައްސަލަތަކަކީ ކޮބައިކަން ބައްލަވާފައިވާ ކަމަށެވެ.

އެގޮތުން އެ ސިޓީގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެނަކައިގެ އިންޖީނުގެއާ، ސުވަރޭޖް ސިސްޓަމް ބަހައްޓާފައިވާ މަރުކަޒާއި، ފެން ޕްލާންޓް ބަހައްޓާފައި ހުރި މަރުކަޒު ހަރުދަނާ ކުރަން ވަރަށް ގިނަ ކަންކަން ކުރަން ވެފައިހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިކަންކަން ހައްލުކުރުމަށް މިނިސްޓްރީން އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ފުވައްމުލަކު ސިޓީގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުން ކުރަމުންދާ އިންޖީނަކަށް މައްސަލަ ޖެހި، ދާދި ފަހުން ވަނީ އެކަން ހައްލު ކޮށްފަ އެވެ. އެރަށުން ވަކި ވަގުތު ތަކަކު ކަރަންޓު ކަނޑަން ވެސް ޖެހުނެވެ. އެކަން އެގޮތަށް ދިމާވީ މެއިންޓެއިން ނުކޮށް ހުރުމުން ކަމަށް ފެނަކައިން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.