ރަޝިއާއިން ބުނަނީ ޔްކްރޭނައް އެހީ ވަނީ ނަމެއްގައި ކަމަށާއި އެމެރިކާގެ ނިޔަތަކީ ދުނިޔެއިން ރަޝިޔާ ފޮހެލައި އެމެރިކާ ދުނިޔެއަށް ގަދަވެ ގަތުން ކަމަށް ވި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.
އެހީތެރިވެ ދިނުމުގެ ނަމުގައި ރަޝިއާއަށް ހަމަލާ ދޭށާއި ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިނަށް ޒަމާނީ ހަތިޔާރާއި ޑިފެންސް ސިސްޓަމްތައް ފޯރުކޮށް ދޭނެ އެމެރިކާއިން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އޮތް ހަމަ އެކަނި ޝައުގުވެރި ކަމަކިީ ޔޫކްރެއިނަށް އެހީ ވެދީ ހިމާޔަތް ކުރުން ކަމަށެވެ. އެ ގައުމަށް އެމެރިކާއިން ފޯރުކޮށް ދޭނީ އެންމެ ޒަމާނީ މިސައިލް ޑިފެންސް ސިސްޓަމްސްތައް ކަމަށެވެ. އެއާ ޑިފެންސް ސިސްޓަމްތަކާއެކު އަސްކަރީ އެހެނިހެން އެހީ ފޯރު ކޮށް ދިނުމަށް ބައިޑަން ވަނީ ހުއްދައިގެ ލިޔުން ތައްޔާރު ކުރައްވާފަ އެވެ.
ރަޝިއާ - ޔުކްރޭންގެ ހަނގުރާމަ ފެށުނު ފަހުން އެމެރިކާއިން ވަނީ މިހާތަނަށް 16.8 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ އަސްކަރީ އެހީ ޔޫކްރެއިނަށް ދީފަ އެވެ. އަދި އެމެރިކާގެ ޝައުގުވެރިކަން އޮންނަ އެންމެ ބޮޑު ކަމަކީ އެއީ ކަމަށް ވަނީ ހަދާފަ އެވެ.
ޔޫކްރެއިނަށް އެއާ ޑިފެންސް ސިސްޓަމްތައް ދޭ އިރު ބައިޑަން ވަނީ ރަޝިއާއަށް ގޮންޖައްސަވައި ވާހަކަފުޅު ދެއްކެވުމާއެކު ފޯނުން ޔުކްރޭނުގެ ރައީސް ޒެލެންސްކީއަށް ގުޅުއްވާ ހަމަ އެ މޭރުމުުން ވާހަކަފުޅު ދައްކަވާފަ އެވެ. އެ ގޮތުން އެމެރިކާއިން ޔޫކްރެއިނާއެކު ދާއިމަށް ދެމި އޮންނާނެ ކަމަށާއި ޔުކޭރާން އުފުލައިދޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.
މި އަހަރު ފެބުރުއަރީ މަހު ފެށި ރަޝިއާ ޔުކްރޭން ހަނގުރާމައިގެ ޒިންމާ ރަޝިއާއިން ނަގަންޖެހޭނެ ކަމަށް ބައިޑަން އަބަދު ވެސް ވިދާޅުވެ އެވެ. އަދި ވިދާޅުވަނީ ރަޝިއަށް ތިރިވަންދެން ހުޅަނގާއެކު ވެގެން ދަތިތައް ކުރިމަތި ކުރުވާނެ ކަމަށާއި ޔޫކްރެއިނަށް އެއްބާރުލުން ދިނުމާއެކު ހަތިޔާރު މުއްސަނދި ކޮށްދޭނެ ކަމަށެވެ.
އަނެއްކޮޅުން ރަޝިއާއިން ބުނަނީ ޔްކްރޭނައް އެހީ ވަނީ ނަމެއްގައި ކަމަށާއި އެމެރިކާގެ ނިޔަތަކީ ދުނިޔެއިން ރަޝިޔާ ފޮހެލައި އެމެރިކާ ދުނިޔެއަށް ގަދަވެ ގަތުން ކަމަށް ވި ނަމަވެސް އެކަން ނުވާނެ ކަމަށެވެ.