މި އެކްސިޑެންޓް ގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ ޒުވާން ފިރިހެނަކާއި އަންހެނެއްގެ އިތުރުން މެދު އުމުރުގެ ފިިރިހެނަކަށެވެ.
އެކްސިޑެންޓް ހިނގީ ފަތިހު އެވެ. ފުލުހުން ބުނީ ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ 5:26 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ ޒުވާން ފިރިހެނަކާއި އަންހެނެއްގެ އިތުރުން މެދު އުމުރުގެ ފިިރިހެނަކަށެވެ.
އެ މީހުންގެ ތެރެއިން 19 އަހަރުގެ ފިިރިހެންް މީހާއާއި 21 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އަނެއް ސައިކަލު ދުއްވި 43 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެނީ އޭޑީކޭގަ އެވެ.
އެކްސިޑެންޓްވީ ސަބަބެއް ނުބުނެ އެވެ. ފުލުހުން ބުނީ އެކްސިޑެންޓްގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.