ބަންކަރިންގެ މުހިންމު ހިދުމަތްތަކެއް އެމްޕީއެލްއިން ދޭން އެސްޓީއޯއާއެކު ސޮޔެއް

ބަންކަރިން ހިދުމަތް ފަށަނީ އެސްޓީއޯއިންނެވެ. އަދި މި ހިދުމަތުގައި އެމްޕީއެލްއަކީ އެންމެ މުހިންމު އެއް ބައިވެރިޔާ އެވެ.

އެމްޕީއެލް އާއި އެސްޓީއޯއިން އެއްބަސްވުން ބަދަލު ކުރަނީ -- އެމްޕީއެލް

އިހަވަންދިއްޕޮޅުގައި ފަށަން ތައްޔާރު ވަމުން ގެންދާ އިންޓަނޭޝަނަލް އޮފްޝޯ ބަންކަރިންގެ މުހިންމު ހިދުމަތްތަކެއް ދޭން އެސްޓީއޯއާއެކު އެމްޕީއެލްއިން ސޮއިކޮށްފި އެވެ.

އެމްޕީއެލް އިން ބުނީ އިހަވަންދިއްޕޮޅުގައި މެރިޓައިމް އަދި އޯޕީއެލްގެ ޚިދުމަތް ގުޅިގެން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އާއި އެސްޓީއޯއިން ސޮއިކޮށްފައިވާ ކަަށެވެ. އެމްޕީއެލްގެ ހެޑް އޮފީހުގައި އޮތް މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމެވެ.

އުތުރުގައި އިންޓަރނޭޝަނަލް ބަންކަރިން ޚިދުމަތާއެކު މެރިޓައިމްގެ އިތުރު ހިދުމަތްތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އެސްޓީއޯ އިން އޮފްޝޯ ބަންކަރިން ހިދުމަތް ފޯރުކޮށްދޭނެ އެވެ. އެމްޕީއެލް އިން ފޯރުކޮށްދެނީ ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ހިދުމަތްތަކެވެ.

މި ފަހުމުނާމާގެ ދަށުން ބަންކަރިން ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން ގުޅިގެން، ވިހާވެސް ފަސޭހަ ޚިދުމަތެއް ފޯރުކޮށްދޭން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. އަދި މީގެ އިތުރުން މި ޚިދުމަތް މާކެޓް ކުރުމުގައި ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ އުތުރުގެ ސަރަހައްދަކީ ބައިނަލްއަޤްވާމީ މެރިޓައިމްގައި މުހިންމު ރޫޓަކަށްވާއިރު، އުތުރުގައި ބަންކަރިން އާއި މެރިޓައިމްގެ ހިދުމަތްތައް ފޯރުކޮށްދޭން ފެށުމަކީ ދިވެހިރާއްޖެއަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

"އެއްވެސް ކަހަލަ މާކެޓިންއެއް ނެތި، މިހާރު ވެސް ހއ.އުލިގަމު ކައުންސިލްގެ ރެކޯޑްތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގު ބޯޓު އެ ސަރަހައްދަށް އެބަ ކޯލް ކުރޭ ފެނު ޚިދުމަތް ހޯދަން. އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމަ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.

އެމްޕީއެލްއިން ދަނީ އުލިގަމުގައި ޔޮޓްމެރީނާއެއް ތަރައްގީ ކުރަން ނިންމައި އެކަމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަދި އަންނަ މަހު ފަށާ އިންޓަނޭޝަނަލް ބަންކަރިންގައިވެސް އެ ކުންފުނިން މުހިންމު ދައުރެއް އަދާކުރާނެ އެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯއިން މި ހިދުމަތް ފަށަނީ އިންޓަނޭޝަނަލް ކުންފުނި ވިޓޯލްއާ ގުޅިގެންނެވެ. މި ހިދުމަތް ފަށަން ބޭނުންވާ ދެ ބާޖު ރާއްޖެ ގެނައުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.