ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް މިރޭ އިސްތިއުފާ ދެއްވި ނަމަވެސް އެމަނިކުފާނު މަގާމުން ވަކިކުރުމާ ގުޅޭ ބަހުސް މަޖިލީހުގައި ކުރިއަށް ގެންދާތީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޝަމީމް އިސްތިއުފާ ދެއްވީ މަޖިލީހުގެ މިރޭގެ ޖަލްސާ ފެށި ފަހުންނެވެ.
ބަހުސް ކުރިއަށް ގެންދަނިކޮށް އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޝަމީމް އިސްތިއުފާ ދެއްވިކަން ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކުން އިއުލާނު ކޮށްފައިވާ ކަމަށާ އެހެން ކަމުން މިހާރު ހިންގާ ބަހުސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ޝަމީމް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން އަންގާފައި ނުވާ ކަމަށެވެ.