ކުންފުނިތަކުގެ ހިސާބުތައް | ސަރުކާރުން 1.2 ބިލިއަން ސަބްސިޑީގެ ގޮތުގައި ދޭންޖެހުނު

ކުންފުނިތަކަށް އެންމެ ބޮޑު އަދަދަކަށް ފައިސާ ދީފައިވަނީ ސަބްސިޑީގެ ގޮތުގަ އެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ގިނަ ކުންފުނިތައް ވަނީ އަތްލާން ނުކެރޭ ދަރަޖައަށް ހަލާކު ކޮށްލާފައި

ދައުލަތުގެ ކުންފުނިތަކަށް މާލީ އެހީތެރިކަމުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރުން 1.3 ބިލިއަން ރުފިޔާ ދީފައިވާކަން ހާމަވެއްޖެ އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރިއެއްގެ ދައުރު އަދާކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ދައުލަތުގެ އަދި ސަރުކާަރު ހިއްސާވާ ކުންފުނިތަކުގެ ކުއާޓާލީ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން ސަރުކާރުން ޖުމްލަ 1.32 ބިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކުންފުނިތަކަށް ދީފައިވެ އެވެ. 

ކުންފުނިތަކަށް އެންމެ ބޮޑު އަދަދަކަށް ފައިސާ ދީފައިވަނީ ސަބްސިޑީގެ ގޮތުގަ އެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި ސަބްސިޑީގެ ގޮތުގައި ދޫކޮށްފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސަބްސިޑީގެ ގޮތުގައި ކުންފުނިތަކަށް ދޫކުރި އަދަދުވަނީ %2 އިތުރުވެފަ އެވެ. 

ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ދޫކުރި އަދަދުތައް

  •  ފެނަކަ: 249.87 މިލިއަން ރުފިޔާ
  •  އެސްޓީއޯ: 359.33 މިލިއަން ރުފިޔާ
  •  އެޗްޑީސީ: 400 މިލިއަން ރުފިޔާ
  •  ވެމްކޯ: 3.7 މިލިއަން ރުފިޔާ

ސަބްސިޑީގެ އިތުރަށް ދެންމެ އެންމެ ގިނަ ފައިސާ ސަރުކާރުން ކުންފުނިތަކަށް ދީފައިވަނީ ކެޕިޓަލްގެ ގޮތުގަ އެވެ. އެގޮތުން ކެޕިލްގެ ގޮތުގައި ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 164.94 މިލިއަން ރުފިޔާ ދީފައިވެ އެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ. 

ކެޕިޓަލްގެ ގޮތުގައި ކުންފުނިތަކަށް ދޫކުރި އަދަދުތައް

  •  އެސްޑީއެފްސީ: 30 މިލއިަން ރުފިޔާ
  •  އައިލޭންޑް އޭވިއޭޝަން: 16.47 މިލިއަން ރުފިޔާ
  •  އެޗްޑީސީ: 84.86 މިލިއަން ރުފިޔާ
  •  ޓްރޭޑްނެޓު: 2.18 މިލިއަން ރުފިޔާ
  •  އެމްއެސްސީއެލް: 1.12 މިލިއަން ރުފިޔާ
  •  ބީސީސީ: 3 މިލިއަން ރުފިޔާ
  •  ޕޯސްޓު 2.50 މިލިއަން ރުފިޔާ
  •  ރީޖަނަލް އެއާޕޯޓްސް: 24.90 މިލިއަން ރުފިޔާ
  •  އެމްއައިޓީޑީސީ: 0.80 މިލިއަން ރުފިޔާ
  •  އެމްއެޗްސީއެލް: 1 މިލިއަން ރުފިޔާ
  •  ވެމްކޯ: 13.48 މިލިއަން ރުފިޔާ
  •  އެމްއެފްއެމްސީ: 28.13 މިލިއަން ރުފިޔާ
  •  އޭއައިއޭ: 22.68 މިލިއަން ރުފިޔާ

ދައުލަތުގެ ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަތައް ކުރަންޖެހެ އެވެ. ކުންފުނިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މަޖުބޫރުވަނީ ކުންފުނިތަކަށް ލިބޭ އާމްދަނީއަށްވުރެ ކުންފުނިތަކުގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. 

ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހީ އެޖެންޑާގެ އެންމެ މުހިއްމު ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުމެވެ. ކުންފުނިތައް އިސްލާހުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ތަންފީޒުކުރެވިގެންދާނެ ކަމުގައި ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.