ޑޮލަރު ރިޒާވު ހުސްވި ވާހަކަ އަކީ ދޮގެއް، މި މަހުގެ ނިޔަލަށް އިތުރުވާނެ ކަމަށް ލަފާކުރެވޭ: އެމްއެމްއޭ

ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށާ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވު ރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގަވަރުނަރު އަހްމަދު މުނައްވަރު

ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް އެކަށް ހުސްވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު، މަރުކަޒީ ބޭންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޮގު ކޮށްފި އެވެ.

ޑޮލަރު ރިޒާވު، ރާއްޖޭގެ ތާރީހު ގައިވެސް ފުރަތަމަ ފަހަރަށް ހުސްވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ހަބަރު ފަތުރަމުންނެވެ.

އެމްއެމްއޭ އިން ބަޔާނެއް ނެރެ ބުނީ "ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ" ކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ހިމެނޭ ހަބަރެއް ކަމަށެވެ.

ރިޒާވްގެ މައުލޫމާތު މިހާރެކޭ އެއްގޮތަށް އެ އޮތޯރިޓީން ދާނީ މަހުންމަހުން ބަރާބަރަށް ޝާއިއު ކުރަމުން ކަމަށާ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ޖުލައި ނިމުނުއިރު ހުރި މިންވަރަށްވު ރެ އޮގަސްޓް މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އެހެން ކަމުން މިފަދަ ކަންތައްތަކާއި ގުޅޭ ހަބަރުތައް ހަގީގަތާއި ހިލާފަށް ގެނެސްދިނުމަކީ މި އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާޅުކުރުމާއެކު ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ކުރީން އޮތީ އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބައެއް ކުންފުނިތަކަށް ފޮނުވާފައިވާ ސިޓީއެއް "މިރާ"އަށް ލިބިފައިވާއިރު އެ ސިޓީއާއެކު އެ މިނިސްޓްރީއަށް އެމްއެމްއޭއިން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް އެއް ކަރުދާސްކޮށް ފޮނުވާފައިވެ އެވެ.

ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭނުންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. 

  •  ޖުލައި މަހު ޔޫޒަަބަލް ރިޒާވް 17.7 ޑޮލަރަށް ވެއްޓުނު
  •  އޯގަސްޓު މަހު ޔޫޒަބަލް ރިޒާވް އިތުރުވާނެ ކަމަށް ލަފާކުރޭ

ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީއާ އެއްކަރުދާސްކޮށްފައިވާ އެމްއެމްއޭގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވާނެ އެވެ. އަދި އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި އޯގަސްޓު މަހުގައި ޔޫޒަަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑެވެ.  

އެމްއެމްއޭގެ ސިޓީއާއެކު ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ހުއްޓައިލުމަށެވެ.

އޭގެ އިތުރަށް ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށް އެދުމާއެކު އެ މިނިސްޓްރީން ކުންފުނިތަކަށް އިލްތިމާސްކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ގާނޫނުގެ އިމުގެ ތެރޭގައި ބާރު ފައިސާގެ މުއާމަލާތްތައް ހިފަހެއްޓުމަށެވެ.

މި ސިޓީއާ ގުޅިގެން "މިރާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ކުރީން ވިދާޅުވީ ދައުލަތުގެ ރަސްމީ ރިޒާވްގެ ހާލަތު ހީނަރުވިޔަނުދިނުމަށްޓަކައި އެ މިނިސްޓްރީން އެމްއެމްއޭއާ ވަރަށް ގާތުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެމްއެމްއޭއިން އަންދާޒާކުރި މިންވަރަށްވުރެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅު ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.