އައިލެންޑް އޭވިއޭޝަންގެ ޗެއާޕާސަން ވެސް މަގާމުން ވަކިކޮށްފި

މިހާދަކީ ކުރީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނިން މިހާދު ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

މުހައްމަދު މިހާދު

އައިލެންޑް އޭވިއޭޝަން ސާވިސްގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ވެސް މަގާމުން ވަކިކޮށްފި އެވެ. 

އެކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑުން ވަނީ ޔަގީންކޮށްދީފަ އެވެ.

މިހާދަކީ ކުރީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ ކުންފުނިން މިހާދު ވަކިކުރި ވަކި ސަބަބެއް ނުބުނެ އެވެ.

މިހާދަކީ ކުންފުނިތަކުގެ ހިންގުމުގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ. އެމްޓީޑީސީ އެމްއޭސީއެލްގެ އިސް މަގާމުތަކެއް ވެސް ކުރީން ފުުރުއްވި އެވެ. މިހާދު އެ މަގާމަށް އައްޔަނު ކުރެއްވީ ޖަނަވަރީ 9، 2024 ގަ އެވެ.

އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު ވެސް ވަނީ އެ މަގާމުން ވަކި ކުރައްވާފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ޒިޔާދު އައްޔަނު ކުރެއްވީ ނޮވެންބަރު 23، 2023 ގަ އެވެ. ޒިޔާދަކީ ކުރީން ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރު ކަން ކުރެއްވި ބޭފުޅެކެވެ. ބައެއް މިނިސްޓްރީތަކުގެ އެހެން ބައެއް އިސް މަގާމުތައް ވެސް ފުރުއްވާފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދިހަ މަސްވާންދާއިރު ސަރުކާރުގެ ކުންފުނިތަކުގެ ވެރީންނާއި ސަރުކާރުގެ ބައެއް އިސްވެރީން ކުއްލި ގޮތަކަށް މަގާމުތަކުން ދަނީ ވަކިކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.