ކަނޑުއޮތްގިރި ސިފައިންނަށް، ކަންނެލި މަސްވެރީންނަށް ހުޅުމާލެ ފަޅުން ޖާގަ

ޝިޔާމް ވިދާޅުވީ މީގެ ކުރިން ކަންނެލި މަސްވެރިކަމަށް އެރަށް ބޭނުން ކުރަމުން އައި ނަމަވެސް އެންމެ އެކަށޭނެ ގޮތަކަށް އެކަމަށް އެ ރަށް ބޭނުންކުރެވިފައި ނުވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް

ކަންނެލި މަސްވެރި ކަމަށް ހާއްސަކޮށްފައިިވާ ކަނޑުއޮތްގިރި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބޭނުމަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ފިޝަރީޒް މިނިސްޓްރީގެ މަސައްކަތްތަށް ކުރިއަށްދާގޮތް ހިއްސާ ކުރުމަށް މިއަދު އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މި މަހުގެ ހަތަރުވަނަ ދުވަހު ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބޭނުމަށް ދޫކޮށްލާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މީގެ ކުރިން ކަންނެލި މަސްވެރިކަމަށް އެރަށް ބޭނުން ކުރަމުން އައި ނަމަވެސް އެންމެ އެކަށޭނެ ގޮތަކަށް އެކަމަށް އެ ރަށް ބޭނުންކުރެވިފައި ނުވާ ކަމަށެވެ.

"ކަންނެލި މަސްވެރިކަމަށް މިހާރު އޮތް ގޮންޖެހުންތަކަށް އަލުގަނޑުމެން މިދަނީ ހައްލު ހޯދަމުން. ކަނޑުއޮތްގިރި ފަޅު ކަންނެލި މަސްވެރިކަމަށް ބޭނުންކުރުމަށް ވަރަށް ބޮޑު ހޭދައެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ. އެކަމަކު އެންމެ އެކަށޭނެ ފަޅަކަށް ނުވި. އެހެންވެ މިހާރު އެޗްޑީސީ އާ ވާހަކަ ދައްކައިގެން ހުޅުމާލޭ ފަޅު ކަންނެލި މަސްވެރިންނަށް އެކަށިގެންވާ ގޮތަށް ބޭނުންކުރެވޭ ގޮތް ހެދުމަށް ދަަނީ މަސައްކަަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކަންނެލި މަސްވެރި ކަމާއި މަސްވެރިކަމުގެ ސިނާއަތު ހަރުދަނާކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތެއް ކުރާނެ ކަމަށެވެ. އެ ގޮތުން ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކަށް ހުޅުމާލެ ފަޅުތެރެއިން ޖާގަ ދޭނެ ކަމަށް ވިދާޅުވި އެވެ.

ކަނޑުއޮތްގިރި އަކީ މިފްކޯއިން މީގެ ކުރިން ބޮޑުކަންނެލި ގަނެ ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުން އައި ރަށެކެވެ. އޭގެ ފަހުން އެރަށް ޒަމާނީ ޕެކިން ފެސިލިޓީއަކަށް ހަދައި ދިވެހި މަސްވެރިން ބާނާ މަސް އޯޑަރަށް ބަންދުކޮށްދޭ ޕްލާންޓަކަށް ބަދަލުކުރުމަށް އެ ކުންފުނިން 2022 ވަނަ އަހަރު ނިންމި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.