ވީޑިއޯގައި ފެންނަނީ އަންހެނަކު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ކުރާ މަންޒަރެވެ. ފައިވާނުން ކުއްޖާގެ ގައިގައި އެ އަންހެން މީހާ ތަޅާ އަނިޔާ ކުރެ އެވެ.
ސޯޝަލްމީޑިއާ މިހާރު ދައުރުވަމުންދާ، ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އަކީ މީގެ އަހަރެއްހާ ދުވަސް ކުރީގެ ވީޑިއޯއެއް ކަަމަށް ފުލުހުން ބުނެފި އެވެ.
ދެކުނު ރަށެއްގައި ކުޑަކުއްޖަކަށް އޭނަގެ ދޮންމަންމަ އަނިޔާކު ރާ ކަމަށް ބުނެ އެ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި އިދިކޮޅުގެ ސަޕޯޓަރުން އެ ވީޑިއޯ ވަރަށް ބޮޑަށް ވައިރަލް ކޮށްފައިވެ އެވެ.
އަދި ލަސްނުކޮށް އެ މައްސަލަ ބަލަން ގޮވާލާފައިވެ އެވެ.
އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވޭތޯ ސުވާލު ކުރުމުން ފުލުުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެއީ މީގެ އެއް އަހަރު ދުވަހުގެ ކުރީގެ ވީޑިއޯއެއް ކަން ބެލި ބެލުމުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ވީޑިއޯގައި ފެންނަނީ އަންހެނަކު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ކުރާ މަންޒަރެވެ. ފައިވާނުން ކުއްޖާގެ ގައިގައި އެ އަންހެން މީހާ ތަޅާ އަނިޔާ ކުރެ އެވެ. އެއީ ކުއްޖާގެ ދޮން މަންމަ ކަމަށް ވެ އެވެ. އެ މަންޒަރު ވީޑިއޯކޮށް އެކަން ބަލަން އެހެން އަންހެނަކު ވެސް ކައިރީގައި އިނދެ އެވެ.
އެ މައްސަލައާ ގުޅިގެން އޭރު އެޅި ފިޔަވަޅެއް ސާފެއް ނުވެ އެވެ. އެ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކޮށް ދީފައިވޭތޯ ސުވާލު ކުރުމުން ވަކި ޖަވާބެއް ނުދެ އެވެ.