ދައުލަތުގެ ކުންފުނިތައް | ހާހެއްހައި މުވައްޒަފުން މަދުކޮށްފި

ފާއިތުވި އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ އަހަރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ އަދަދު 34،369 އަށް އަރައެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 1،085 ވަޒީފާ މަދުކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު އަދި އެ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް މައުލޫމަތު ހިއްސާ ކުރަނީ -- މަޖިލިސް

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ނިމުނު އަހަރުގެ ފަހު ކުއާޓާއަށްވުރެ ހާހެއްހަައި ވަޒީފާއިން މަދުކޮށްފި އެވެ. 

ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ވިލަރެސްކުރާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު އާންމުކުރި ދައުލަތުގެ ކުންފުނިތަކުގް 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓުގެ ހުލާސާގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދަކީ 33،284 ކަމަށެވެ. 

ފާއިތުވި އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ އަހަރު ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާތަކުގެ އަދަދު 34،369 އަށް އަރައެވެ. އެހެންކަމުން މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު 1،085 ވަޒީފާ މަދުކޮށްފައިވެ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ތެރެއިން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު އަދަދަކަށް ވަޒީފާ މަދުވީ ފެނަކައިންނެވެ. 2023 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި 7،132 މުވައްޒަފުން ތިއްބެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދުވަނީ 6،543 އަށް މަދުވެފަ އެވެ. 

އެހެންކަމުން މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފެނަކައިގެ މުވައްޒަފުންގެ ތެރެއިން 589 މުވައްޒަފުންވަނީ މަދުކޮށްފަ އެވެ. އެ ދުވަސްވަރު ފެނަކައިގެ ވަޒީފާއަށް ކޮންޓްރެކްޓު އުސޫލުން ނަގާފައި ތިބި ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު މުއްދަތު ހަމަވުމާއެކު ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެ މުވައްޒަފުން ކުރާނެ މަސައްކަތެއްވެސް ނެތުމާއެކު ކޮންޓުރެކްޓުތައް އާނުކުރަން ނިންމި އެވެ. 

ފެނަކައިގެ އިތުރަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންގެ އަދަދުވެސް އަހަރުގެ ފުރަތަމަ ކުއާޓާގައި މަދުކޮށްފައިވެ އެވެ. 2023 ނިމުނުއިރު އެ ކުންފުނީގައި 2،239 މުވައްޒަފުން ތިބި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު އެ އަދަދުވަނީ 1،682 އަށް މަދުވެފަ އެވެ. 

އެހެންކަމުން ފާއިތުވި އަހަރު ނިމުނުއިރާ އަޅާބަލާއިރު އެޗްޑީސީގެ މުވައްޒަފުންގެ އަދަދު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 557 އިން މަދުވެފައިވެ އެވެ. 

ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކޮށް، ކުންފުނިތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔާއަށް އުފުލަންޖެހިފައިވާ ބުރައާއި ކުރިމަތިވެފައިވާ ހިރާސްތައް ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ދައުލަތުގެ ކުންފުނިތަކުގެ ސަބަބުން 32 ބިލިއަން ރުފިޔާގެ މާލީ ހިރާހެއް ދައުލަތަށް ކުރިމަތިވެފައިވާކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. 

ސަރުކާރުން އެކުލަވައިލާފައިވާ މާލީ އިސްލާހުތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދީގެން އެންމެ އަވަހަށް ތަންފީޒުކުރުމަށް ފިނޭންސް މިނިސްޓްރީން މަސައްކަތްކުރާ އެއް ކަމަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން އިސްލާހު ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.