އުދަ އެރުމާއި ވިއްސާރަކޮށް ފެންބޮޑުވުން ފަދަ ހާދިސާތަކުން ތިމާގެ ސައިކަލާއި ކާރާއި އެހެނިހެން އުޅަނދުތަކަށް (ފަސްޓް ޕާޓީ ޕްރޮޕަޓީއަށް) ލިބޭނެ ގެއްލުމަށް ރައްކާތެރިކަން ހޯދޭނެ މަގެއް އޮވެ އެވެ.
ދިވެހިރާއްޖެއަކީ ތިރި އަދި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާ އިރު ގުދުރަތަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަމަކު ބައެއް ފަހަރު އަހެރެމެންގެ ހަތުރެއްގެ ގޮތުގައި ވެސް ފެނެއެވެ.
އަހަރެމެންގެ ވަށައިގެން އޮންނަނީ ކަނޑެވެ. އަނެއް ކޮޅުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވެސް އެހާމެ ބޮޑަށް މި ރަށްތަކަށް ކުރިމަތިވެއެވެ. ދިޔަ ބޮޑުވާ ބައެއް ދުވަސްވަރު އުދަ އަރާ ރަށް ފެންބޮޑުވެއެވެ. ކްލައިމެޓް ޗޭންޖާއެކު މޫސުމީ ވިއްސާރަ ވެސް އޮޅުން ބޮޅުންވެ، ވެހޭ ވާރޭން މުޅި ރަށުތެރެ ފެންބޮޑުކޮށްލައެވެ. މިކަހަލަ ކޮންމެ ހާދިސާއަކުން އާންމު ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. މުދަލަށް ގެއްލުންވާ ފަހަރު ވެސް އާދެ އެވެ.
ފެން ބޮޑުވުމާ ގުޅިގެން ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު، މިފަދަ އެއް މުދަލަކީ އަހަރެމެން މަގުމަތީގައި ހާމައަށް ބަހައްޓާ އަގުބޮޑު މުދަލެކެވެ. ރަށުތެރޭގައި ދަތުރުފަތުރަށާއި ތަކެތި އުފުލުމަށް ގެންގުޅޭ އުޅަނދުފަހަރެވެ. އިރުމަތިން އަތިރިމައްޗާއި ކާނިވާ ސަރަހައްދަކީ އުދަ އަރާ ފަހަރުތަކުގައި ފެންބޮޑުވާ ތަންތަނެވެ. އަދި މާލެއަކީ ބޯ ވިއްސާރައަށްފަހު ފެންބޮޑުވުން އާންމު އަދި ފެން ހިނދުމަށް ވެސް ގިނަ އިރު ނަގާ ސިޓީއެކެވެ.
މިގޮތަށް ފެންބޮޑުވާ ބައެއް ފަހަރު ސައިކަލު ސްޓާޓުކުރުމަށް އުނދަގޫވެއެވެ. އަދި އިންޖީނު މައްސަލަ ޖެހި ގަރާޖަކުން "ފަރުވާ" ކޮށްގެން ނޫނީ އަމުދުން ނުދުއްވޭ ހާލަތް ވެސް ކުރިމަތިވެ އެވެ.
ދިވެހިރާއްޖޭގައި ދުއްވާ ކޮންމެ އުޅަނދަކީ ގާނޫނުން ލާޒިމުކޮށްގެން ތާޑްޕާޓީ މޮޓޯ ޕްލޭންސްއިން ކަވަރުކޮށްފައި ހުންނަންޖެހޭ އުޅަނދުތަކެކެވެ. އެކަމަކު ތާޑްޕާޓީ މޮޓޯ ޕްލޭންތަކުން ރައްކާތެރިކަމެއް ފޯރުކޮށްދެނީ ތިމާއަށެއް ނޫނެވެ. އެއީ ތިމާގެ އުޅަނދުގެ ސަބަބުން އެހެން މީހެއްގެ އުޅަނދަކަށް ލިބޭ ގެއްލުމަކަށް ލިބޭ ރައްކާތެރިކަމެކެވެ.
އެކަމަކު އުދަ އެރުމާއި ވިއްސާރަކޮށް ފެންބޮޑުވުން ފަދަ ހާދިސާތަކުން ތިމާގެ ސައިކަލާއި ކާރާއި އެހެނިހެން އުޅަނދުތަކަށް (ފަސްޓް ޕާޓީ ޕްރޮޕަޓީއަށް) ލިބޭނެ ގެއްލުމަށް ރައްކާތެރިކަން ހޯދޭނެ މަގެއް އޮވެ އެވެ. އެއީ އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެވެ. މިފަދަ ހާދިސާތަކުގެ އިތުރުން އަމިއްލަ ވެހިކަލަށް ލިބޭ އެހެނިހެން ގެއްލުންތަކާއި، ވެހިކަލުގައި އުޅެނިކޮށް ލިބޭ އަނިޔާ އަދި ކުރިމަތިވެދާނެ ދާއިމީ ނުކުޅެދުންތެރިކަމަކުން ވެސް މި ޕްލޭނުން ކަވަރު ލިބޭނެއެވެ. ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސްއަކީ އެލައިޑް އިންޝުއަރަންސްގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން އޮންލައިންކޮށް ނުވަތަ އެލައިޑް އެޕްއިން ވެސް ނެގިދާނެ ޕްލޭނެކެވެ.