ކުރީގެ ސީޕީގެ ތުހުމަތު މިހާރުގެ ސީޕީ ދޮގު ކުރައްވައިފި

ސީޕީ ވަނީ އެ ވާހަކަތައް ދޮގުކުރައްވާ ބަޔާނެއް ނެރުއްވާފަ އެވެ. ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ކުރީގެ ސީޕީ ހުސައިން ވަހީދު (ކ) ކޮމިޝަނަރު އަލީ ޝުޖާއު (ވ)

ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއާ ގުޅޭގޮތުން ކުރީގެ ކޮމިޝަނަރު ހުސައިން ވަހީދު ދެއްކެވި ވާހަކަތައް ސީޕީ ދޮގުކުރައްވައިފި އެވެ.

ރޭ އޮތް ޕީއެންއެފްގެ ޖަލްސާގައި ހުސައިން ވަނީ ނޫމަޑި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް މުއިއްޒުއަށް ގިނަ ތުހުމަތު ތަކެއް ކުރެއްވި އެވެ.

ހުސައިން ވިދާޅުވީ ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލްވުމަށް އޭނާއާއެކު ވަޑައިގެންނެވީ މިހާރުގެ ސީޕީ އަލީ ޝުޖާއު ކަމަށް ވެެސް ވިދާޅުވި އެވެ. 

ސީޕީ ވަނީ އެ ވާހަކަތައް ދޮގުކުރައްވާ ބަޔާނެއް ނެރުއްވާފަ އެވެ. ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ނޫމަޑި މައްސަލައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާ އެކު އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ވާހަކަ ކަށަވަރު ކަމާއެކު ދަންނަވަމެވެ،" ސީޕީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.