މިފަހަރު އޭނާ ހޯދުމަށް އިއުލާނުކުރީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހު 12:00 އަށް ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ކަނަބިސް ޓްރެފިކް ކުރުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ނުފެނިގެން ފަސްވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ސ.ހިތަދޫ، ހަޒާރުމާގޭ އުބާދަތު ހުސައިން (29 އ.) ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ މި އަހަރުގެ މޭ މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޖޫން މަހު އަދި ޖުލައި މަހު އޭނާ ހޯދުމަށް އިއުލާނުކުރި އެވެ. އެގޮތުން އެންމެ ފަހުން އިއުލާނުކުރީ ޖުލައި 10 ވަނަ ދުވަހު އެވެ. އެއީ އޭނާ ހޯދުމަށް ނެރުނު ހަތަރުވަނަ އިއުލާނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އުބާދަތު ކޯޓަށް ހާޒިރުނުވުމުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް އެ އިދާރާއިން ދަނީ ކުރަމުންނެވެ.
މިފަހަރު އޭނާ ހޯދުމަށް އިއުލާނުކުރީ ބަންދުގައި ބަހައްޓައިގެން މި މަހުގެ 20 ވަނަ ދުވަހު 12:00 އަށް ކުރިމިނަލް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ކޯޓުން ފުލުހުންގެ މައްޗަށް އަމުރެއް ނެރުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިއުލާނުގައި އެދިފައިވަނީ އުބާދަތާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރުކަމަށްވާ 9991442 އަށް ގުޅައި އެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށެވެ.