މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ އިން އދ އަށް ރީނދޫ ސަމާލު ވަނީ ނެރެފަ އެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު ދޭއް ޖެހުމާއި ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނި ގޮތުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ އިން އދ އަށް ރީނދޫ ސަމާލު ވަނީ ނެރެފަ އެވެ. އެ ސަމާލު ނެރެފައި ވަނީ މިރޭ މެންދަމު ދޭއް ޖެހުމާއި ހަމައަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުމުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއީ މުޅި ރާއްޖެއަށް ވެސް މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ. މިދިޔަ ދެތީން ދުވަހު މާލެ ސަރަހައްދަށް ވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ ފެންބޮޑުވެ ގެއްލުންވި އެވެ. އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.