މުދަލު ޒަކާތް | ނިމުނު އަހަރަށްވުރެ 7.6 މިލިއަން ރުފިޔާ އިތުރަށް ލިބިއްޖެ

ޖުލައި މަހު 15.4 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ ޖުލައި މަހު ލިބުނު 7.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

ރާއްޖޭގެ ޓެކްސް އިދާރާ މީރާގެ ނަމް ބޯޑް: އައިއެމްއެފުން ވަނީ ޓެކްހާ ގުޅޭ ރިޕޯޓެއް ނެރެފައި

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު ފައިސާއަށްވުރެ 7.6 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ. 

މީރާއިން ކޮންމެ މަހަކު އެއްފަހަަރު އާންމުކުރާ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 66.2 މިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ޑޮލަރުން ލިބުނު 5،446 ޑޮލަރުވެސް ހިމެނެ އެވެ. 

ފާއިތުވި 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 58.6 މިލިއަން ރުފިޔާ ކަމުން މި އަހަރުގެ އެ މުއްދަތުގައި 7.6 މިލިއަން ރުފިޔާ އިތުރަށް ލިބިފައިވެ އެވެ. 

ޖުލައި މަހު 15.4 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައިވެ އެވެ. އެއީ ފާއިތުވި އަހަރުގެ ޖުލައި މަހު ލިބުނު 7.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 

2016 ވަނަ އަހަރާ ޖެހެންދެން މުދަލު ޒަކާތް ބަލައިގަންނަމުން ދިޔައީ އިސްލާމިކް މިނިސްޓްރީންނެވެ. ނަމަވެސް އެ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން މީރާއަށް ބަދަލުކުރި އެވެ. އޭގެ ފަހުން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. 

ރައީސް ޑރ.މުހައްމަދު މުއިއްޒުވަނީ ޒަކާތުގެ ކަންކަން ބަލަހައްޓައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ހާއްސަ އިދާރާއެއް ގާއިމުކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.