ފުޅިމުށިގަނޑު ކެވުމުގެ ސަބަބުން އަނގަ ހަލާކުވެފައި ވަނީ ކުޑަ ކުއްޖެކެވެ. އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މިހާދިސާ ހިނގާފައި ވަނީ އިއްޔެ ގދ. ތިނަދޫގަ އެވެ. ހެދިކާ ގަނެފައި ވަނީ އެރަށުގައި ހުންނަ ފިހާރައަކުންނެވެ. މިކަން ހިނގުމުން އެރަށު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިހާރައަކުން ގަތް ހެދިކާއެއް ކެއުމުން އޭނާގެ ކޮއްކޮއެއްގެ އަނގަ ކަފައިގެން ގޮސްފައިވާ ކަމަށެވެ.
އެ ފުޅިމުށިގަނޑު ކެވުނީ ބިސްކީމިޔާއެއްގެ ތެރެއިންނެވެ. އެމީހާ ވަނީ ކުއްޖާގެ އަނގަޔާއި އެ ފުޅިމުށިގަނޑު ވެސް އެ ޕޯސްޓާއެކު ހިއްސާ ކޮށްފަ އެވެ. ފުޅިމުށިގަނޑު ކެވުމުގެ ސަބަބުން އަނގަ ހަލާކުވެފައި ވަނީ ކުޑަ ކުއްޖެކެވެ. އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.
އެނގިފައިވާ ގޮތުގައި ހެދިކާ ގަތީ އެރަށު ޝޮޕް ކޮކީ ނަމަކަށް ކިޔާ ފިހާރައަކުންނެވެ. އެފިހާރައިގައި ވިއްކަނީ އެރަށު ފޯޓައިމް ކެފޭގައި ހަދާ ހެދިކާ އެވެ.
މިހާދިސާ ހިނގުމުން ފުލުހުން ގޮސް އެ ކެފޭ ބަންދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވެ އެވެ.