ވިދާޅުވީ އެ ތަންތަނަކީ ޕާކު ކުރުން މުޅިން މަނާ ތަންތަންކަން އެންގުމުގެ ގޮތުން ރަތް ރޮނގު ދެމުމަށް ނިންމާފައިވާ ކަމަށެވެ.
ގޯޅިތަކާ ކަންކަންމަތީ ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ވަނީ މާލޭގެ މަގުތަކުގެ ތަރުތީބު ކަމާއި ޓްރެފިކް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ.
މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ގޯޅިތަކާ ކަންކަންމަތީ ޕާކުކުރުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެއީ ހައްލު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެ މަައްސަލަ ހައްލު ކުރުމަށް ގޯޅިތަކާ ކަންކަންމަތީ ޕާކުކުރާ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ތަންތަނަކީ ޕާކު ކުރުން މުޅިން މަނާ ތަންތަންކަން އެންގުމުގެ ގޮތުން ރަތް ރޮނގު ދެމުމަށް ނިންމާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖަހަ އެވެ. ނަމަވެސް އެކަން ހުއްޓުނީ ޕާކިން ސްޓިކާ ނުޖަހާނެ ކަމަށް ވައުދުވުމުންނެވެ. އެއީ އިންތިހާބުގައި ތާއީދު ހޯދުމަށް ސިޔާސީ ލީޑަރުން ވެވަޑައިގަންނަވާ ވައުދެކެވެ.