މި ގޮޅިތައް ދޫކުރުމަށް ހަދާފައިވާ ގައިޑްލައިނުގައިވާ ގޮތުން، އެންމެ ދިގު މުއްދަތަކަށް ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ދެ އަހަރަށެވެ. ގޮޅިތަކުގެ ކުއްޔަކީ މަހަކު 3500 ރުފިޔާ އެވެ.
އއ. ތޮއްޑޫގައި ގާއިމު ކުރާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިމަހުގެ ހަ ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގުވުމާއެކު އެ ކޯޕަރޭޝަނުން ތޮއްޑޫގައި ގާއިމު ކުރަމުންދާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމު ފުރައި، މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
މި ގޮޅިތައް ދޫކުރުމަށް ހަދާފައިވާ ގައިޑްލައިނުގައިވާ ގޮތުން، އެންމެ ދިގު މުއްދަތަކަށް ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ދެ އަހަރަށެވެ. ގޮޅިތަކުގެ ކުއްޔަކީ މަހަކު 3500 ރުފިޔާ އެވެ. އޭގެ އިތުރުން ޔޫޓިލިޓީ ފީއެއްގެ ގޮތުގައި މަހަކު 300 ރުފިޔާ ވެސް ނަގާނެ އެވެ.
ގައިޑްލައިނުގައިވާ ގޮތުން، މި ބާޒާރުން ގޮޅިތައް ދޫކުރާނީ ހަމައެކަނި ތޮއްޑޫ ރައްޔިތުންނަށެވެ. އެމީހުންނަކީ އެ ރަށުގައި ކުދި ވިޔަފާރި ކުރާ ނުވަތަ ދަނޑުވެރިކަން ކުރާ މީހަކަށް ވުމަކީ ޝަރުތެކެވެ.
އެ ކޯޕަރޭޝަނުން ބުނެފައި ވަނީ މިފަދަ މާރުކޭޓެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.