މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެދުރާއްޖޭގެ އަތޮޅުތަކަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަވާނެ ކަމަށާއި، އެ ސަރަަހައްދަށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.
އެ އިދާރާއިން މިއަދު ހެނދުނު ރީނދޫ ސަމާލު ނެރުނީ މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާަ ދެމެދުގައިވާ ހުރިހާ އަތޮޅުތަކަށެވެ. އެއީ:
މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
އޭގެ އިތުރަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމުގައި ލަފާކުރެވޭ ކަމަަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މިއަދު މެދުރާއްޖެތެރެއަށް ބޯކޮށް ވިއްސާރަކޮށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިވާއިރު ހިނގަމުންދާަ ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާަ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.