ނީލަން ކިޔުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:30 ގަ އެވެ. ނީލަން ކިޔުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން/ މާލެ -- މެރީ ބްރައުން ކުރިމަތީ ގަ އެވެ.
ސިފައިންގޭގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ތަކެތި ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މުއައްސަސާގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިއުލާނު ކުރާ ކަމަށެވެ.
ނީލަން ކިޔަން ހަމަޖެހިފައި ވަނީ ސިފައިންގޭގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ތަކެއްޗެވެ. އޭގެ ތެރޭގައި ކެމެރާ އާއި ލެޕްޓޮޕާއި ރެކާއި އެ ނޫންވެސް ބައެެއް ސާމާނު ހިމެނެ އެވެ. އެ ތަކެތި ވިއްކާނެ އަގުތައް ވަކިވަކީން ބަޔާން ކޮށްފައިވެ އެވެ. އަދި ބުނީ އެ ހުރިހާ ތަކެއްޗަކީ ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަކެތި ކަމަށެވެ.
ނީލަން ކިޔުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 9:30 ގަ އެވެ. ނީލަން ކިޔުން އޮންނާނީ އިންޑަސްޓްރިއަލް ޒޯން/ މާލެ -- މެރީ ބްރައުން ކުރިމަތީ ގަ އެވެ.